ޢިއްޒަތްތެރި ރައީސް އެވެ! މިސްކިތްތަކުގަ ޖަމާއަތުގަ ނަމާދަށް ތިބޭއިރު މިސްކިތްތަކަށް މަތިންދާބޯޓު ނުޖައްސާ ގޮތެއް ހައްދަވައިދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޢިއްޒަތްތެރި ރައީސް އެވެ! މިސްކިތްތަކުގަ ޖަމާއަތުގަ ނަމާދަށް ތިބޭއިރު މިސްކިތްތަކަށް މަތިންދާބޯޓު ނުޖައްސާ ގޮތެއް ހައްދަވައިދެއްވާ!

ޢިއްޒަތްތެރި ރައީސް އެވެ. މިސްކިތްތަކުގައި ނަމާދުކުރުމަށް މަގުފަހިކޮށްދެއްވަން މަނިކުފާނު ބޭނުންފުޅުވާނެ ވަރު އެނގިހުރެމެ މިވާހަކަ ދަންނަވަން މިޖެހެނީ މަނިކުފާނަށް ދަންނަވައިގެން ނޫނީ ހަމަ ހައްލު ނުވާނެތީއެވެ. ބަންގީގެ އަޑު މެދުކެނޑި އެތައް މަސް ދުވަހެއް ފާއިތުވި މައްސަލަ ވެސް މަނިކުފާނުގެ ސަމާލުކަމަށް ގެނެވުނު ހިސާބުން ޙައްލުވާން ފެށިކަން ފާހަގަކުރެވޭތީއެވެ. 

ހުކުރު ދުވަހުގެ ޢަޞްރު ނަމާދު ޖަމާއަތުގައި ކުރަންފެށިތަނާ ތާޅަފިލިތަކުން އަންނަން ފެށީ މަތިންދާ ބޯޓު ޖައްސާ އަޑެވެ. ސަލާމްދީ އަޑުކަނޑައިލެވެންދެން އެއްބޯޓު ޖައްސާފައި ފުރާއިރަށް އަނެއް ބޯޓު ދިއައީ ޖައްސަމުންނެވެ. 

ދަރުސް ފެށިތަނާ އެކޯވާންފެށިވަރުން ކިޔާއެއްޗެއް އޮޅުން ނުފިލައިގެން ޖެހުނީ އަޑު ބެހެއްޓޭނެ އެންމެ މަޑުގައި ނުވަތަ އެންމެ މަޑުކޮށްފައި ބަހައްޓާށެވެ! 

މިސްކިތުން ބައްދަލުވި ބައެއް މީހުން ބުނީ މިއީ ހަމަ ކަންކަން މެދުވެރިވަމުންދާ ގޮތް ކަމަށެވެ. 

މިކަންކަން ބަލަހައްޓަން އުފެދިފައިވާ ކޮމިޓީން މަސައްކަތްކުރި ޙަވާލުކޮށްފައިވާ ކުންފުނީގެ ބިލްތަކަށް ޤަވާއިދުން ފައިސާ ލިބުނު ނަމަވެސް އަދި ނުލިބުނު ނަމަވެސް މިސްކިތްތަކުގައި ނަމާދުކުރުމާއި ދަރުސް ދިނުން ފަދަ ކަންކަން މިހާލަތުގައި މިއޮތީ އެކަން ކުރާ ބައެއްގެ ހިތުގައި ﷲ އަށް ބިރުވެތިކަމެއް ނެތުމުން ކަމަށް ބެލެވެއެވެ. އޮތް ނަމަ ނަމާދުކުރަން މިފދަ ހުރަސްތައް ނާޅާނެތީއެވެ. 

މިސްކިތްތަކުގެ ސައުންޑް ބެލެހެއްޓުމުގެ ޤާބިލުކަމެއް ނެތް ނުވަތަ އެކަން ނުކުރެވޭވަރުގެ ބައަކާއި މަސައްކަތް ހަވާލުކޮށްފައިވަނީ ކީއްވެގެންކަންވެސް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ! 

ސިޓީ ކައުންސިލުން އެންމެފަހުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި މިސްކިތްތަކުގެ ސައުންޑްގެ ޙާލަތު ކޮންމެ ފަދަ ގޮތަކަށް ހުރިނަމަވެސް އެކަމުގައި ސިޓީ ކައުންސިލުގެވެސް ދައުލަތުގެ ވެސް އެއްވެސް ޒިންމާއެއް ނެތެވެ. ހުރިހާ ޒިންމާއެއް ވަނީ ކޮމިޓީން މަސައްކަތް ހަވާލުކުރި ކުންފުނީގައެވެ.

މިއަދު އޮންލައިން