އައްޑޫ ސިޓީގައި މިއަހަރުގެ ބާއްވަމުން އަންނަ މައިލޯ ސްޓްރީޓު ސޮކާގެ މުބާރާތުގެ ގުރުލުން މިރޭ ބާއްވަން ނިންމައިފިއެވެ.
ދަ ފޭދޫ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ގުރުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:15ގައި ސ. ގަމުގެ ދޫގަސްގެ ބުލޫ ލެގޫންގައެވެ.
މިމުބާރާތް މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފެށުމަހް ހަމަޖެހިފައިވާއިރު މިމުބާރާތުގެ މެއިން ސްޕޮންސަރަކީ މައިލޯއެވެ. މި މުބާރާތުގައި 20 ޓީމުން ވާދަ ކުރެއެވެ.
މިމުބާރާތް ވަނީ ފާއިތުވި 10 އަހަރު ކާމިޔާބު ކަމާއި އެކު ކުރިއަށްގެންގޮސްފައެވެ.