އަނބިމީހާއަށް ހަމަލާދީ މާރާމާރީ ހިންގި ފިރިމީހާ ހައްޔަރުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
އަނބިމީހާއަށް ހަމަލާދީ މާރާމާރީ ހިންގި ފިރިމީހާ ހައްޔަރުކޮށްފި!

އަނބިމީހާއަށް ހަމަލާދީ، މާރާމާރީ ހިންގި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި މާރާމާރީ ހިންގުމާ ގުޅިގެން، އެ އަންހެން މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ލިބުނު ޒަހަމްތައް ސީރިއަސް ނޫން ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުތުރުގެ އަތޮޅެއްގައި ހިނގި މި ހާދިސާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް، މާރާމާރީ ހިންގި މީހާ ގެންގޮސްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

 

މިއަދު އޮންލައިން