ކައްޕި ގެއްލުނު ހާދިސާ: ފެނުނު ވަޅީގަ ހުރީ ލެއެއް ނޫން- ފުުލުހުން

ކިޔުމަށް ހޭދަވާނީ 1މ 34ސ
ކައްޕި ގެއްލުނު ހާދިސާ: ފެނުނު ވަޅީގަ ހުރީ ލެއެއް ނޫން- ފުުލުހުން

ކ. ކަގި ކައިރީ އޮންނަ ފަރަކަށް މިދިޔަ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު އެރި "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި މުޙައްމަދު ޔޫސުފް ގެއްލުނު ސަރަޙައްދުން ކަނޑުއަޑިން ފެނުނު ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫން ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ކައްޕި ގެއްލުނުތާ މަހަކަށްވުރެ ގިނަ ދުވަސް މިހާރު ވެފައިވާއިރު، އޭނާ ހޯދުމުގައި އެމްއެންޑީއެފް އިންވެސް ކުރި މަސައްކަތުން، އޭނާ ގެއްލުނު ސަރަޙައްދުން މިހާތަނަށް ހަމައެކަނި ފެނިފައިވަނީ ފޯނަކާއި، ލޭ ހޭކިފައި ކަމަށް ކުރިން ބުނި ވަޅިއަކާއި ތުވާއްޔެކެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަޅީގައާއި ތުވާލީގައި ހޭކިފައިހުރީ ކޮންއެއްޗެއްތޯ ތަހުލީލު ކުރިއިރު، އޭގައި ހޭކިފައިހުރީ ތެރަހާއި ދަވާދުކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެތަކެއްޗާއި ގެއްލުނު ކައްޕި މުޙައްމަދު އާއި އެއްވެސް ގުޅުމެއްވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ތަހުގީގުގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކައްޕި ގެއްލުނު އިރު، އޭގައި ތިބީ އޭނާގެ އިތުރުން ދިވެއްސަކާއި ދެ ބިދޭސީންނެވެ.

ތިން މީހުންނާ އެކު ދަތުރުކުރަނިކޮށް، ފަރަށް އަރައި، ކައްޕި ގެއްލުނު ހާދިސާގައި ސުވާލު އުފެދޭ ކަންކަން ގިނަ އެވެ. މުހައްމަދު ގެއްލުނު ގޮތާ މެދު ސުވާލު އުފެދުނީ އޭނާ ދަތުރުކުރި ދޯނި ފަރަށް އެރިތާ އެއް ދުވަސް ވީ އިރު ވެސް އެކަން ކޯސްޓްގާޑަށާއި ދޯނީގެ ވެރިފަރާތަށް ވެސް ނާންގާ އޮތުމުންނެވެ. އެ ދޯނި ފަރަށް އެރިކަން އެނގުނީ މުހައްމަދު ގެއްލިގެން އެންގުމުން، އޭނާ ހޯދަން ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ.

މިއަދު އޮންލައިން