ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ލިލީ އިންޓަނޭޝަނަލް އިން ދުނިޔޭގައި ނަންހިގާ ބްރޭންޑެއް ކަމުގައި އިންޑޯމީ ނޫޑްލްސްގެ އާ ފްލޭވާއެއް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
މިކަމާޣުޅިގެން ލިލީ އިންޓަނޭޝަނަލް އިން ބުނެފައިވަނީ އެ ކުންފުނިން އަލަށް ތައާރަފްކުރީ އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާ ކަމަށާއި މިއީ ދިވެހިންނާ ވަރަށް ގުޅޭނެ ކުޅި ރަހައެއް އެކުލެވޭ ފްލޭވާ އެއްކަމަށެވެ.
އަލަށްތައާރަފްކުރި ފްލޭވާގެ ޕެކެޓްތައް މާލޭގެ ގިނަ ފިހާރަތަކުން މިހާރުވެސް ލިބެން ހުންނާނެ ކަމަށް ލިލީން އިން ވަނީ ބުނެފައެވެ.
1972 ވަނަ އަހަރު އިންޑޮނޭޝިއާގައި އުފައްދާފައިވާ އިންޑޯމީ ނޫޑްލްސް އަކީ ޔޫރަޕާއި އޭޝިއާގައި އެންމެ މަޝްހޫރު އެއް ބްރޭންޑެވެ.