ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވްވެއްޖެ!

ކިޔުމަށް ހޭދަވާނީ 56ސ
ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވްވެއްޖެ!

ރާއްޖެއިން އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިދިޔަ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުން މިއަދާއި ހަމައަށް 9 މީހަކު ހިމަބިއްސަށް މިހާރު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި ނުވަތަ މީސްލްސް އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން އިއުލާން ކޮށްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން