މާފުށި މަގުމަތީގައި މަސްތުވެގެން އުޅުނީ މާފުށީގައި ހިންގާ 4 ކޮޓަރީގެ ކުޑަ ގެސްޓް ހައުސްއެއްގައި ހުރި ފަތުރުވެރިއެކެވެ. އޭނާ މަސްތުވީ ރަންނާޅި ރިޒޯޓަށް ގޮހެވެ.
މާފުށީ ކައުންސިލުން ގެންދަނީ އެރަށުގެ ގެސްޓް ހައުސްތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ. ރަނގަޅު ގޮތުގައި ފަތުރުވެރިކަން ކުރިއަރުވަން ވަރަށް ބޮޑަށް ބާރުއަލަމުންނެވެ.
މާފުށީގައި މިހާރުވެސް 1600 ވަރަކަށް އެނދު ހުރުމުން އެރަށަކީ ރާއްޖޭގައި ފަތުރުވެރިންނަށް އެންމެ ގިނަ އެނދު ހުރި ރަށެވެ! ފަތުރުވެރިކަމުން ލިބޭ އާމްދަނީން ރަށުގެ ގިނަ ބައަކަށް ދަނީ މަންފާ ކުރަމުންނެވެ.
މާފުށީ ކައުންސިލުން ކުރި މަސައްކަތުން ރަށާއި ވަރަށް ގާތުގައި ފްލޯޓިންގ ބާރތައް ހިންގާ ސަފާރީތައް މިހާރުވަނީ ތަންކޮޅެއް ދުރަށް ޖެއްސިފައެވެ. ނަމަވެސް ދުރަށް ޖެއްސީ ދާދި ކައިރިއަށް ކަމަށްވުމުން އެކަމުން ހާޞިލުކުރަން ރަށު ކައުންސިލުން ބޭނުންވި ނަތީޖާ ވަނީ ނުނެރެވިފައެވެ.