މީހުން އިޙްތިރާމްކޮށް ޤަދަރު ކުރަނީ ޤާނޫނާ ޤަވާޢިދު ހިފަހައްޓަން ކެރޭ, އެކަމަށް ވަކާލާތު ކުރަން ވެސް ކެރޭ ޤައުމުތަކަށް!: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މީހުން އިޙްތިރާމްކޮށް ޤަދަރު ކުރަނީ ޤާނޫނާ ޤަވާޢިދު ހިފަހައްޓަން ކެރޭ, އެކަމަށް ވަކާލާތު ކުރަން ވެސް ކެރޭ ޤައުމުތަކަށް!: ޝައިޚް ޝަފީޢު

މީހުން އިޙްތިރާމްކޮށް ޤަދަރު ކުރަނީ ޤާނޫނާއި ޤަވާޢިދު ހިފަހައްޓަން ކެރޭ އަދި އެކަމަށް ވަކާލާތު ކުރަން ވެސް ކެރޭ ޤައުމުތަކަށް ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަފީޢު މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ރާއްޖޭގެ ޤާނޫނުތައް މުގުރުމުން ފުލުހުން ތަކުރާރުކޮށް ނަޞޭޙަތްތެރިވުމުންވެސް ގޮތް ދޫނުކުރި ފަތުރުވެރިއަކު އިރުކޮޅަކަށް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމުން މަދު ބައަކު ނަމަވެސް އެކަން ކުށްވެރިކުރަމުން ގެންދާ ވަގުތެއްގައެވެ.  

ޝައިޚް ޝަފީޢު ވިދާޅުވީ ނަން ޚަރާބުވެ އިޙްތިރާމް ގެއްލި ދަނީ، ދޮން މީހުންގެ ފައިބުޑަށް ވެއްޓި އަމިއްލަވަންތަ ކަމާއި، ޤާނޫނާއި ޤަވާޢިދު ނަގަހައްޓަން ފަސް ޖެހޭ ޤައުމުތައް ކަމަށާއި ބައަކަށް މިއަށްވުރެ ވަކި ނިކަމެތިކަން ބޮޑު ކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. 

ދޮން މީހުން އެމީހުންގެ ޤައުމުތަކުގައި އެ ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރެއެވެ. އެމީހުންގެ މައްޗަށް އެހެްނ ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރުމުން ބިރު ދައްކައެވެ. އެމީހުންގެ ކުރިމަތީގައި މުސްލިމް ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކުރުމުގެ ޙައްޤުވެސް އޮންނަން ޖެހޭނީ އެމީހުން ބޭނުންވާ ގޮތަކަށެވެ!

 

މިއަދު އޮންލައިން