ފަހުގެ ޖީލްތަކުގައި ރާއްޖޭގެ އަންހެނުން ހިތާނުކުރުން އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާކަމަށް ޔުނިސެފްއިން ކުރި ދިރާސާއަކުން ދައްކައިފިއެެވެ.
ޔުނިސެފުން ކުރި މި ދިރާސާގައި ބައިވެރިވި އުމުރުން 15 އަހަރާއި 49 އަހަރުގެ މީހުންގެ ތެރެއިން އަންހެނުން ހިތާނުކުރުމަކީ ދީނީކަމެކަމަށް ދެކެނީ އެންމެ 10 ޕަސެންޓް މީހުންކަމަށް ބުނެފައިވާއިރު އެންމެ ގިނައިން ހިތާނުކޮށްފައިވަނީ މާާލެ ސަރަހައްދާއި ދެކުނުގެ އަތޮޅުތަކުގައި ކަމަށް ދިރާސާގައި ބުނެފައިވެއެެވެ.
މިދިރާސާގައި ރާއްޖޭގައި އެންމެ ގިނައިން ހިތާނުކޮށްފައިތިބީ މިހާރު އުމުރުން 45 އަހަރާއި 49 އަހަރުވެފައި ތިބި އަންހެނުން ކަމަށެވެެ. އަދި ތަފާސް ހިސާބުތަކުން ދައްކާއިރު ފަހުގެ ޖީލްތަކުގައި ހިތާނުކުރުން އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާކަމަށްވެސް ބުނެފައިވެއެވެެ.