ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރުގެ މައްސަލައިގެ ޝަރީޢަތް ކުރިއަކަށް ނުގެންދެވުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރުގެ މައްސަލައިގެ ޝަރީޢަތް ކުރިއަކަށް ނުގެންދެވުނު!

ޓެކްސީ ޑްރައިވަރު ޤާސިމް މަރައިލި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް އޭނާ މަރާލިކަމަށް އިޢްތިރާފްވެފައިވާ އަދުހަމް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރި ނަމަވެސް ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ނުވިއެވެ.

ސަބަބަކީ ޝަރީޢަތް ފެށުމުގެ ކުރިން މައްސަލައިގެ ލިޔެ ކިޔުންތައް ދިފާޢީ ވަކީލަށް ލިބެންޖެހޭއިރު ލިޔުންތައް ލިބިފައި ނުވުމެވެ. އެހެންކަމުން މިއަދުގެ ޝަރީޢަތް ކެންސަލްކޮށް ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

ޤާސިމް މަރައިލީ އޭނާ އެކަނި ކަމަށް ތަޙްޤީޤުގައި އެއްބަސްވެފައިވީނަމަވެސް ގިނަ ބައަކު އެކަން ޤަބޫލެއް ނުކުރެއެވެ.

ޕީޖީ އިން އޭނާގެ މައްޗަށް އުފުލާފައިވަނީ ޤަޞްދުގައި މީހަކު މެރިކަމުގެ ދައުވާއެވެ.

މިއަދު އޮންލައިން