ބާރަ ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 24ސ
ބާރަ ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި!

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ އިން މާލެއަށް ބަނގުރާ ގެންދާކަމުގެ ތުހުމަތުގައި މިއަދު މެންދުރު 14:08 ހާއިރު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 20 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން