އުދަ އަރާނެ ކަމުގެ އިންޒާރާއެކު ވައިޓް އެލާޓް ނެރެފި!

ކިޔުމަށް ހޭދަވާނީ 35ސ
އުދަ އަރާނެ ކަމުގެ އިންޒާރާއެކު ވައިޓް އެލާޓް ނެރެފި!

އުދައަރާފާނެ ކަމުގެ އިންޒާރާއެކު ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށާއި އުތުރުގެ އަތޮޅުތަކަށެވެ.

އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 13:00 އިން ފެށިގެން 17:00 އާއި ހަމައަށެވެ.

މީގެއިތުރުން މެޓް އޮފީހުން ވަނީ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރުމާއިއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށްވެސް ބުނެފައެވެ.

ވައިޖެހޭނެ ގޮތަށް ބަލާއިރު އިރުއުތުރާއި އިރުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މިއަދު އޮންލައިން