ތޫނު ހަތިޔާރާއެކު ދެކުނު ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދެކުނުގެ ރަށެއްގައި އުމުރުން 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެކުއްޖާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކޮށް، ހަތަރު ވަޅި އާއި ދަނބު ކުލައިގެ ހޮޅިބުރިއެއް މިއަދު ފެނިފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން އެކުއްޖާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިއީ ކުޑަ ކުއްޖަކާއި ގުޅޭ މައްސަލައެއްކަމުން، އެކުއްޖާގެ ރަށާއި ވަނަވަރު އަދި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.