ހުޅުމާލެއިން ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 43ސ
ހުޅުމާލެއިން ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި!

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ދެ ގެއަކާއި ދެ ފްލެޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެގޮތުން އެތަންތަން ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ސެލޯފިން ކޮޅާއި 16 ފިލްމް ހުސްކުރި ދަޅު އަދި ދެ ބޮޑު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 27 އަަހަރުގެ ދިވެހި ފިރިހެނަކާއި 23 އަަހަރުގެ ފިރިހެނަކާއި އަދި 26 އަަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން