ފ އަތޮޅު ނޫނަސް މިއޮއް ތަނެއް ވިއްކާލަނީ!: އަހްމަދު ޢާރިފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފ އަތޮޅު ނޫނަސް މިއޮއް ތަނެއް ވިއްކާލަނީ!: އަހްމަދު ޢާރިފް

"ސިޓީއަކުން ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ އެއްވެސް ތަނެއް އެހެން ފަރާތަކަށް ނުދެވޭނެއެވެ! ބޮޑެތި މުޢާމަލާތްކުރާ ގޮތަކީ އެއްބަސްވުން ހަދައި ހެކިންނާއިއެކު ދެ ފަރާތް ސޮއިކޮށްގެންނެވެ. ފ. އަތޮޅު ނޫނަސް މިއޮއް ތަނެއް ވިއްކާލަނީއެވެ!" އަހްމަދު ޢާރިފް (އާރުޓޭ) 

ޢާރިފް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ އެމްއޭސީއެލްއަށް އަހަރަކު 55 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބޭ ގޮތަށް އަލަށް ހެދި ސީޕްލޭން ޓަރމިނަލްގެ ބޮޑުބައެއް ޓީއެމްއޭއަށް ދޭން އުޅޭކަމަށް އޭސީސީ އިން ތުހުމަތުކޮށް ޖިނާޢީ މައްސަލައެއްގެ ގޮތުގައި މައްސަލަ ބަލަން ފެށުމުންނެވެ. 

ޓީއެމްއޭ އިން މިއަދު ބުނެފައިވަނީ ކުންފުންނަސް ފައިދާވަނީ އަހަރު 2 މިލިއަނެއްހައި ޑޮލަރު ކަމަށް އޮޑިތް ރިޕޯޓުން ދައްކާ ކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ އިންވެސްތްމަންޓް އިތުރުކުރުކުރެއެވެ. އަހަރަކު 2 މިލިއަން ޑޮލަރު ހޯދަން ބިލިއަނުން އިންވެސްޓްކުރާ ސަބަބާއިމެދު މިވަނީ އިތުރު ސުވާލުތަކެއް އުފެދިފައެވެ.

 

މިއަދު އޮންލައިން