އަންނަ މާރޗްމަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ހުޅުވާލާފައިވާ ފުރުސަތުގައި، ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނަށް ދިޔަ އާއްމު މީހަކު އީސީގެ މުވައްޒަފުންނަށް ބިރު ދައްކައިފިއެވެ.
އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކައުންސިލް އިންތިހާބުގެ ފޯމު ހުށަހެޅުމަށް އިލެކްޝަނަށް އައި އާއްމު ފަރާތަކުން އެ ކޮމިޝަނުގެ މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށެވެ. އަދި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބިރު ދައްކާ އިންޒާރު ދިނުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އީސީން ބުނެފައިވެއެވެ.
މީގެއިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނީ އެފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެ ކޮމިޝަނުން އަޅަމުން ގެންދާނެ ކަމަށެވެ.
Iyye aai miadhu #LCE2020 #WDCE2020 ge application form hushahalhan ai aammu faraathakun vanee EC ge muvahzafunnah birudhakkaa inzaaru dheefa. Inthikhaabuge masahkaiythakugai harakaaitherivaa muvahzafunnah birudhakkaa inzaaru dhinumakee EC nuhanu kanboduvaakameh.
— Elections Commission (@ElectionsMv) February 15, 2020
(1/2)