ޓީއެމްއޭއަށް ދިން ކަމަށް ބުނާ ސިޓީއަކުން އަހަރަކު 55 މިލިއަން ޑޮލަރު ގެއްލުން ކުރާއިއިރު 7 ހާސް މީހުނަށް ފްލެޓްދިން ސިޓީއަށް ހަދާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޓީއެމްއޭއަށް ދިން ކަމަށް ބުނާ ސިޓީއަކުން އަހަރަކު 55 މިލިއަން ޑޮލަރު ގެއްލުން ކުރާއިއިރު 7 ހާސް މީހުނަށް ފްލެޓްދިން ސިޓީއަށް ހަދާނީ ކިހިނެއް؟

"ޓީއެމްއޭއަށް އެމްއޭއެލުން ދިން ކަމަށް ބުނާ ސިޓީއަކާއި ގުޅިގެން އަހަރަކު 55 މިލިއަން ޑޮލަރު ރައްޔިތުންނަށް ގެއްލުންކުރާއިއިރު 7000 މީހުންނަށް ފްލެޓް ދޭނެ ކަމަށް ބުނެ ހައުސިންގ މިނިސްޓްރީން ދީފައިވާ ސިޓީއަށް ހަދާނީ ކިހިނެއް؟ ބަދަލު ދޭކަށް ނުޖެހޭނެތަ؟" 

މިއީ ސޯޝަލް މީޑިއާގައި ފާއިތުވި 2، 3 ދުވަހު އެންމެ ގިނައިން ކުރެވެމުން އަންނަ 2 ސުވާލެވެ! އެންމެ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން އަންނަ އެއް މައްސަލައެވެ. 

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޓީއެމްއޭގެ ބޯޑާއި ބައްދަލުކުރެއްވީ މަޖިލީހުގެ ރައީސް އާއި ޓީއެމްއޭގެ ޓަރމިނަލް ވަކިކުންފުންޏަކަށް ދިނުމާއި ކޮން ގޮތަކަށް ގުޅުން ހުރެގެން ކަމާއިމެދުވެސް އަންނަނީ ސުވާލުކުރަމުންނެވެ. ޓީއެމްއޭއަށް ޓަރމިނަލް ހިބައިން ދިނުމާއި ބެހޭ ގޮތުން މަޖިލީހުން ބިލެއް ޑްރާފްޓް ކުރަން ބޭނުންވާ މައުލޫމާތު ހޯދަންތޯވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފައެވެ.

 

 

 

މިއަދު އޮންލައިން