ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 32ސ
ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި

 ހުޅުމާލެ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކު ބަނގުރާ ފުޅިތަކެއް ހިފައިގެން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ގެންގުޅުނު ދަބަހަކާއި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު 20 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މިއަދު އޮންލައިން