ގާޟީ އަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ!

ކިޔުމަށް ހޭދަވާނީ 45ސ
ގާޟީ އަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ!

ފެމިލީ ކޯޓްގެ ޤާޟީ ޢަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި އަބްދުﷲ ޤާޟީގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވީ ނަމަވެސް އެއީ ކޮންމައްސަލައެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އަބްދުﷲ ޤާޟީއާ ގުޅޭގޮތުން ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާއިރު އޭނާވަނީ މީގެ ކުރިން ކްރިމިނަލް ކޯޓްގެ އިސް ޤާޟީކަންވެސް ކުރައްވާފައެވެ. ޝަރުއީ ދާއިރާގެ އެކި ކޯޓްތަކާއި، މެޖިސްޓްރޭޓުންގެ ގޮތުގައި ތިއްބެވި ޤާޟީންނާއި، ފަނޑިޔާރުންގެ ތެރެއިން ސުލޫކީ އެކި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެގޮތުން މިހާރުވެސް ބައެއް ފަނޑިޔާރުންނާއި، ޤާޟީންގެ ސުލޫކީ މައްސަލަތަކެއް އެކޮމިޝަނުންދަނީ ބަލަމުންނެވެ.

މިއަދު އޮންލައިން