އަރިމަތިން ހެދި ޑީލް ނެތް ނަމަ ޓީއެމްއޭއަށް ސީޕްލޭން ޓަރމިނަލް ދޭން ޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 34ސ
އަރިމަތިން ހެދި ޑީލް ނެތް ނަމަ ޓީއެމްއޭއަށް ސީޕްލޭން ޓަރމިނަލް ދޭން ޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް!

"ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބެއިން އާއި ޗައިނާގެ ޓެމްޕަސް ގުޅިގެން ހެދި ކޮންސޯޓިއަމަކުން 500 މިލިއަން ޑޮލަރަށް ގަތީ، އާ ސީޕްލޭން ޓާމިނަލް ލިބޭނެ ކަމުގެ ޔަގީންކަމުގެ މައްޗަށް ބަލައިގެން ކަމަށް ޓީއެމްއޭ އާ ސީދާ ބެއިން އިން ވެސް ބުނާތީ ޓަރމިނަލް ދޭންޖެހޭނަމަ ދަރިއަކު ހޯދީ ދަރިފުޅަށް ރާއްޖޭގެ ވެރިކަން ލިބޭނެ ކަމުގެ ޔަޤީން ކަމުގަ" ކަމަށް އަހަރެން ބުނީމާ ދަރިފުޅަށް ރާއްޖޭގެ ވެރިކަން ޙަވާލުކުރަންވީނު؟ ނިކަންބުނެބަލަ! އެކަން ކުރާނަންތަ؟: ޢަލީ މޫސާ  

ރައަޔިތުންނަށް އަހަރަކު 55 މިލިއަން ޑޮލަރު ގެއްލުންވާ ގޮތަށް ސީޕްލޭން ޓަރެމިނަލް ޓީއެމްއޭއަށް ދޭން ޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތެވެ. އަދި އެކަމަށް އެދި ޑިމާންޑް ކުރެވޭނެ އެއްވެސް ޙުއްޖަތެއް، ދަލީލެއްވެސް އަދި މިހައިތަނަށް ދެއްކިފައެއް ނެތެވެ.  

ޓީއެމްއޭގެ މެޖޯރިޓީ ހިއްޞާ ވިޔަފާރީގައ ވަރަށް "ތޫނު" ބައަކު ގަތުމުން ވެސް ދެން ކުރިމަތިވާނެ މައްސަލަތަކާއިމެދު ވަރަށް ގިނަ ބައަކު އައީ ސުވާލުއުފައްދަމުންނެވެ. މިފަދަ "މަސްހުނިގަނޑު"ތައް މޮޑުމުގެ މަކަރުވެރި ރޭވުން ކުރިއަށް ރާވާފައި އޮތުމުން ޓީއެމްއޭގައި ޒަމާނުންސުރެ ޚިދުމަތްކުރަމުން އައި ތެދުވެރި އިޚްލާޞްތެރި ދިވެހިންގެ ކަރުގައި ހިފައި އެތަނުން ބޭރުކޮށް "ތޫނު"ކަމުގެ ތެރެއިން ކަންކަން ކޮށްދޭން ޖެހިލުން ނުވާނެ ބޭރު މީހުންނާއި ކުންފުނި ހިންގަން ޙަވާލުވެސް ކުރިއެވެ. 

އެއިރުންސުރެ މަންޒަރު ބަލައި ދިރާސާކުރަމުން އަންނަ މީހުން ދެކޭ ގޮތުގައި މިއަދު މިފެންނަނީ މިކަމުގެ ތެރެއިން ކުރިމަތިވާނެ ކުޑަކުޑަވަބާއެކެވެ. މިއަދު މި ނެގެނީ ރައްޔިތުންގެ ގައިން ނެގިގެންދާނެ މަދު ލޭ ކޮޅެކެވެ. ލޭބޮއެ ހުސްކުރުން އަދި އޮތީ ކުރިއަށެވެ. 

ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސް!: ޤައުމުވެސް ގެއްލި ހުސްވަނީ! 

ތިރީގައި އެވަނީ އަވަސް އޮން ލައިންއަށް އިތުރު މައުލޫމާތު ލިބިގެން މިއަދު ޝާއިޢުކޮށްފައިވާ  ލިޔުމެކެވެ. 

ސިޓީތަކުން "އެއްބަސްވުމެއް" ނުފެނުނު! 

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭނެ ކަމަށް ބުނެ ފޮނުވާފައިވާ ސިޓީތަކުގައި އެއްވެސް ކަމަކަށް "އެއްބަސްވެ"ފައިވާ ނުވާކަން ސާފެވެ. 

މްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

ސަރުކާރުން ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރުގެ ބިމެއް ޓީއެމްއޭއަށް ދޭން ނިންމީ، އެ ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭއަށް ދޫކޮށްލަން އުޅޭ ކަމަށް ބުނާ އަޑުތަކާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލް އެކުލަވާލި ހާއްސަ ރިޕޯޓަށް ރިއާޔަތްކޮށްގެންނެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.

އެހެނަސް، އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވާފައިވާ ބައެއް ސިޓީތައް "އަވަސް"އަށް ފެނިފައިވާއިރު، އޭގައި މުޅިންވެސް ރިއާއަތްކޮށްފައިވަނީ ދެ ކުންފުނީގެ ދެމެދު ކުރެވެމުންދިޔަ މަޝްވަރާތަކެއްގެ މައްޗަށެވެ. އެއިން އެއްވެސް ސިޓީއެއްގައި ޓާމިނަލް ޓީއެމްއޭ ދޭން އެއްބަސްވި ނުކުތާއެއް ފެންނާކަށް ނެތެވެ.

އެގޮތުން، 17 އޮކްޓޯބަރު 2017 ވަނަ ދުވަހު ޓީއެމްއޭއާއެކު ބޭއްވުނު ބައްދަލުވުމަކާ ހަވާލާދީ އޭގެ ފަސް ދުވަސް ފަހުން އެމްއޭސީއެލުން ފޮނުވި ސިޓީގައި އޮތީ، އެ ބައްދަލުވުމުގައި ޓީއެމްއޭއިން ހުށަހެޅި ހުށަހެޅުމަށް އެމްއޭސީއެލުން ކައުންޓާ ޕްރޮޕޯސަލެވެ. އެއީ، އަކަމީޓަރަކަކަށް 10.35 ޑޮލަރުގެ އިތުރުން ކޮންމެ ފަސަންޖަރެއްގެ އަތުން ފަސް ޑޮލަރު ނަގާ ގޮތަށެވެ. އަދި ހަތް އަހަރު ދުވަހަށް ބެހިގެންދާ ގޮތަށް ޓީއެމްއޭއިން ކުލީގެ އެޑްވާންސްގެ ގޮތުގައި އަށް މިލިއަން ޑޮލަރު ދައްކަންވެސް އެ ސިޓީގައި ހުށަހަޅާފައިވެ އެވެ.

ޓީއެމްއޭއިން ހިފީ އަގު ކުޑަކުރަން

އެ މައްސަލާގައި، ޓީއެމްއޭ އިން އެންމެ ބޮޑަށް ފާހަގަކުރަނީ 10 ޑިސެމްބަރު 2017 ވަނަ އަހަރު އެމްއޭސީއެލުން ލިބުނު ސިޓީއެއްގެ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވެސް ހަވާލާދެއްވަނީ އެ ސިޓީއާއެވެ. ނަމަވެސް، އެ ބުނާ ސިޓީގައި ހަވާލާދީފައިވަނީ، އެމްއޭސީއެލުން ހުށަހެޅި އަގަށް، ޓީއެމްއޭއިން ހުށަހަޅާފައިވާ ކައުންޓާ ޕްރޮޕޯސަލެއްގެ ވާހަކައަށެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުން، ޓީއެމްއޭއިން ކައުންޓާ ޕްރޮޕޯސަލެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އަކަމީޓަރަކަކަށް ހަތް ޑޮލަރުގެ އިތުރުން ކޮންމެ ފަސަންޖަރެއްގެ އަތުން ވެސް ހަތް ޑޮލަރު ނަގާ ގޮތަށެވެ. ނަމަވެސް، އެމްއޭސީއެލްގެ އޭރުގެ ބޯޑުން ޓީއެމްއޭގެ ހުށަހެޅުން ގަބޫލުނުކުރުމަށް ކަމަށާއި، ކުރިންވެސް ހުށަހެޅި ގޮތަށް އަކަމީޓަރަކަކަށް 10.35 ޑޮލަރުގެ އިތުރުން ކޮންމެ ފަސަންޖަރެއްގެ އަތުން ފަސް ޑޮލަރު ނަގާ ގޮތަށް ކަމަށެވެ.

އެ ސިޓީގައިވެސް އެއްވެސް މިންވަރަކަށް އެއްވެސް ކަމަކަށް އެއްބަސްވެފައެއް ނުވެ އެވެ. އަދި ކުރިން ފޮނުވި ސިޓީއެކޭ އެއްގޮތަށް، އެ ސިޓީންވެސް ފާހަގަވަނީ ދެ ކުންފުނީގެ މެދުގައި ވަކި ގޮތަކަށް އެއްބަސްނުވެވިގެން، ދެ ފަރާތުންވެސް ހުށަހެޅުންތައް ހުށަހަޅަމުންދިޔަ ކަމެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭނެ ކަމަށް ބުނެ ފޮނުވާފައިވާ ސިޓީތަކުގައި އެއްވެސް ކަމަކަށް "އެއްބަސްވެ"ފައިވާ ނުވާކަން ސާފެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

ސަރުކާރުން ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރުގެ ބިމެއް ޓީއެމްއޭއަށް ދޭން ނިންމީ، އެ ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭއަށް ދޫކޮށްލަން އުޅޭ ކަމަށް ބުނާ އަޑުތަކާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލް އެކުލަވާލި ހާއްސަ ރިޕޯޓަށް ރިއާޔަތްކޮށްގެންނެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.

އެހެނަސް، އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވާފައިވާ ބައެއް ސިޓީތައް "އަވަސް"އަށް ފެނިފައިވާއިރު، އޭގައި މުޅިންވެސް ރިއާއަތްކޮށްފައިވަނީ ދެ ކުންފުނީގެ ދެމެދު ކުރެވެމުންދިޔަ މަޝްވަރާތަކެއްގެ މައްޗަށެވެ. އެއިން އެއްވެސް ސިޓީއެއްގައި ޓާމިނަލް ޓީއެމްއޭ ދޭން އެއްބަސްވި ނުކުތާއެއް ފެންނާކަށް ނެތެވެ.

އެގޮތުން، 17 އޮކްޓޯބަރު 2017 ވަނަ ދުވަހު ޓީއެމްއޭއާއެކު ބޭއްވުނު ބައްދަލުވުމަކާ ހަވާލާދީ އޭގެ ފަސް ދުވަސް ފަހުން އެމްއޭސީއެލުން ފޮނުވި ސިޓީގައި އޮތީ، އެ ބައްދަލުވުމުގައި ޓީއެމްއޭއިން ހުށަހެޅި ހުށަހެޅުމަށް އެމްއޭސީއެލުން ކައުންޓާ ޕްރޮޕޯސަލެވެ. އެއީ، އަކަމީޓަރަކަކަށް 10.35 ޑޮލަރުގެ އިތުރުން ކޮންމެ ފަސަންޖަރެއްގެ އަތުން ފަސް ޑޮލަރު ނަގާ ގޮތަށެވެ. އަދި ހަތް އަހަރު ދުވަހަށް ބެހިގެންދާ ގޮތަށް ޓީއެމްއޭއިން ކުލީގެ އެޑްވާންސްގެ ގޮތުގައި އަށް މިލިއަން ޑޮލަރު ދައްކަންވެސް އެ ސިޓީގައި ހުށަހަޅާފައިވެ އެވެ.

ދެން އޭގެ ފަހުން 30 ޖުލައި 2018 ވަނަ އަހަރު އެމްއޭސީއެލުން ޓީއެމްއޭއަށް އިތުރު ސިޓީއެއް ފޮނުވާފައިވެ އެވެ. އެ ސިޓީގައި ބުނެފައިވަނީ ވެސް އަކަމީީޓަރަކަށް 10.35 ޑޮލަރަށް، 15 އަހަރަށް އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެމްއޭސީއެލް އަށް ސޮއިކުރެވިދާނެ ކަމަށެވެ. އަދި އެ އަގުތަކަކީ ކޮންމެ ތިން އަހަރަކުން ބަދަލު ގެނެވިދާނެ އަގުތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު އެ ސިޓީގައި ވެސް ވަރަށް ސާފުކޮށް ބުނެފައިވަނީ، އެ އަގުތަކަކީ ދެ ފަރާތުން ސޮއިކުރާ އެއްބަސްވުމެއްގައި ހިމެނުމަށް "ޕްރޮޕޯސް" ނޫނީ ހުށަހަޅާ ހުށަހެޅުންތަކެއް ކަމަށެވެ.

ސިޓީއަކުން އެއްބަސްވި ނަމަވެސް، ގާނޫނީ ބުރަދަނެއް ނެތް

ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބެއިން އާއި ޗައިނާގެ ޓެމްޕަސް ގުޅިގެން ހެދި ކޮންސޯޓިއަމަކުން 500 މިލިއަން ޑޮލަރަށް ގަތީ، އާ ސީޕްލޭން ޓާމިނަލް ލިބޭނެ ކަމުގެ ޔަގީންކަމުގެ މައްޗަށް ބަލައިގެން ކަމަށް ޓީއެމްއޭގެ އިތުރުން ސީދާ ބެއިން އިން ވެސް ވަނީ ބުނެފަ އެވެ.

އެހެނަސް، މިފަދަ ވިޔަފާރީގެ މުއާމަލާތްތަކުގައި ހަރަކާތްތެރިވާ ގާނޫނީ ތަޖުރިބާކާރަކު، ވިދާޅުވި ގޮތުގައި ބައި ބިލިއަން ޑޮލަރުގެ މުއާމަލާތެއް ބެއިން ފަދަ ބޮޑު ކުންފުންޏަކުން ހަމައެކަނި ސިޓީއަކަށް ބިނާކޮށް ނުކުރާނެ ކަމަށެވެ. 

އަދި ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުންޏަކާއެކު ވާ އެއްބަސްވުމެއް، ސަރުކާރުގެ ބަހެއް ނޫނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ނުކުރާނެ ކަމަށެވެ. 

"ވިސްނަވާ، އަޅުގަނޑުމެން މި ރާއްޖޭގައިވެސް ކުންފުންޏަކުން ކުރާ ކޮންމެ ކަމަކަށް ބޯޑު ރިޒޮލިއުޝަނެއް ބޭނުންވާނެ. އެ ހުށަނާޅައި އެއްކަމެއްވެސް ނުކުރެވޭނެ. ދެން ދުނިޔޭގެ ބޮޑު ކުންފުންޏަކުން އެތައް ސަތޭކަ މިލިއަން ޑޮލަރުގެ މުއާމަލާތެއް ނުކުރާނެ ދެއްތޯ ހަމައެކަނި ސްޓާފަކު ސޮއިކޮށްލާފަ ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައަށް އަވަސް ހައްލެއް ނުހޯދިއްޖެނަމަ، ޓީއެމްއޭއަށް ބަދަލު ދޭންޖެހިދާނެކަމުގެ އިންޒާރެއް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެއްވައިފަ އެވެ. ނަމަވެސް، ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ، ހަމައެކަނި އެ ސިޓީއަށް ބިނާކޮށް، އެއީ އެއްބަސްވުމެއްގެ ގޮތުގައި ކަނޑައަޅައިދޭނެ އެއްވެސް ކޯޓެއް މުޅި ދުނިޔޭގައި ވެސް ނުހުންނާނެ ކަމަށެވެ.

 

 

 

މިއަދު އޮންލައިން