ޢަބްދުއްރަޝީދުގެ މައްޗަށް ކުރެވުނު ކަށުނަމާދާ ޖަނާޒާގައި ގިނަ ބައަކު ބައިވެރިވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޢަބްދުއްރަޝީދުގެ މައްޗަށް ކުރެވުނު ކަށުނަމާދާ ޖަނާޒާގައި ގިނަ ބައަކު ބައިވެރިވި!

ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި "އާރުސީސީ" އެބޭފުޅަކަށް ނިޞްބަތްވާ  މ. ސީނުކަރަންކާގޭ އަލްމަރްޙޫމް ޢަބްދުއްރަޝީދު ގެ މައްޗަށް ރޭގެ ޢިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރެވުނު ކަށުނަމާދުގަ އާއި ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

"އަޅުގަނޑުގެ ލޮބުވެތި ބައްޕަ، އަބްދުއްރަޝީދުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ފަރާތްތަކަށާއި ތައުޒިއާ ވިދާޅުވި ފަރާތްތަކަށް ހިތުގެ އިޚްލާސްތެރި ޝުކުރު ދަންނަވަން." ކާނަލް ނާޒިމް 

ޢަބްދުއްރަޝީދުގެ އަރިހުން އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ ދަރިކަލުން ކާނަލް ނާޒިމްގެ ކަރުފުޅުގައި ފުލުހުން ލައްވައި ފިސްތޯލައެއް އަޅުވައި އެއީ ކާނަލް ނާޒިމް ކުރެއްވި ކުށަކަށް ހަދައި ޖަލަށްލައިގެން ގެންގުޅުނު ދުވަސްވަރު އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ފުރުވާލާ ދުވަސްތަކުގަ އާއި އެނބުރިވަޑައިގަންނަވާ ދުވަސްތަކުގައި ދަރިކަލުން ދެކެލެއްވުމުގެ ބޭނުންފުޅުގައި އެއާޕޯޓަށް ވަޑައިގެން އިންތިޒާރުކުރައްވަމުން ގެންދަވާއިރު ޢަބްދުއްރަޝީދުގެ މޫނުފުޅުމަތިން ފެންނަ ސާބިތުކަމެވެ! 

ޢަބްދުއްރަޝީދު ދުނިޔެ ދޫކުރެއްވުމުގެ ކުރިން ވަނީ ރާއްޖޭގައި މިހައިތަނަށް އަމިއްލަފަރާތަކުން ބިނާކުރާ އެންމެ ފުރިހަމަ މިސްކިތް އެޅުމަށްޓަކައި މިސްކިތުގެ ބިންގާ އަޅުވައިދެއްވައިފައެވެ. 

ޢަބްދުއްރަޝީދު ޤައުމަށް ދޫކުރެއްވި އެންމެ އަގުބޮޑު ރައުސުލްމާލަކީ ޤައުމަށް ތެދުވެރި އިޚްލާޞްތެރި ދަރިންނެވެ. މަރުޙޫމްގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވާށި! އާމީން

މިއަދު އޮންލައިން