އެންސީޓީސީ ގެ މަސައްކަތް ވެސް މަޖިލީހަށް ބަދަލުވެ ޑރ. ބިލާލް ފިލިޕްސްގެ ދަރުސަށް ހުރަސްއެޅުމުން ކަންބޮޑުވުން އިތުރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
އެންސީޓީސީ ގެ މަސައްކަތް ވެސް މަޖިލީހަށް ބަދަލުވެ ޑރ. ބިލާލް ފިލިޕްސްގެ ދަރުސަށް ހުރަސްއެޅުމުން ކަންބޮޑުވުން އިތުރުވެއްޖެ!

މަސްތުވާތަކެތި ޑީލްކުރާ މީހުން ހައްޔަރުކުރުމަށް ދެކޮޅުހަދައި އެމްޑީއެން ރިޕޯޓް ދިފާޢުކޮށް، ބަރަހަނާކޮށް މާފުށީގައި އުޅުން ދިފާއުކުރުމަށްފަހު ޑރ. ބިލާލް ފިލިޕްސްގެ ދަރުސަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް އާއި ނައިބް ރައީސް ހުރަސްއެޅުމުން ޢިލްމުވެރިންގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ! 

ރާއްޖެއަށް ވަޑައިގަންނަވާ ދީނީ ޢިލްމުވެރިންގެ ޝަރުޠުތައް މަޖިލީހުން ބަލަހައްޓަން ފަށާފައިވާއިރު ހަރުކަށިފިކުރުގެ ކަންކަން ބަލަހައްޓަން ޚާއްޞަ މުއައްސަސާތަކާއި ކޮމިޓީތައްވެސް ދިވެހި ދައުލަތުގައި ހުއްޓައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މިކަންކަން ބަލަހައްޓަވަން ނުކުމެވަޑައިގަތުމަކީ ކަންބޮޑުވުން އިތުރުވާ ކަމެކެވެ!   

"ތިމާއަށް ނޭނގޭ ކަންކަމުގައި ވާހަކަ ދައްކައިފިނަމަ މާދަމާ ﷲ ގެ ޙަޟްރަތުގައި ސުވާލުކުރެވޭނެއެވެ! ބައިނަލްއަޤްވާމީ ދީނީ ޢިލްމްވެރިން ބޮލުގަ ތުހުމަތު އެޅުވުމަކީ އެމީހެއްގެ ހިތުގައި ދީނާއިމެދު ނަފްރަތުވާކަމުގެ ހެއްކެކެވެ." –ޝައިޚް އިލްޔާސް ޙުސައިން 

ދިވެހިރާއްޖެ އަށް ހެޔޮކަމެއް މެދުވެރިވެދާނޭތީ ކަންބޮޑުވާ މީހުން އެކަން ކަން ވިޔަނުދިނުމަށް ކޮންމެ ފަދަ ބޮޑު ދޮގެއް ހަދަންވެސް ޖެހިލުން ނުވާއިރު،އެފަދަ މީހުންނަކީ ރާއްޖެއާއި އަދި ރައްޔިތުންގެ ހަލާކު ކަމުގައި ނޫނީ ނުވާނެއެވެ. ﷲ އަށް ބިރުވެތި ނުވާ މީހެއްގެ ހެވެއްނޯންނާނެއެވެ. " ޝައިޚް ޢަބްދުﷲ ބިން ޖަނާބް

"ދުނިޔޭގަ މުސްލިމުންގެ އާބާދީ 1.6 ބިލިއަނަށް އަރާ! މިބޮޑު އާބާދީގެ 99 އިންސައްތައަކީ ޞުލްޙަވެރި ބައެއް ކަމަށް ޣައިރު މުސްލިމަކު ކޮށްފައިވާ ދިރާސާއަކުންވެސް ވައްނީދައްކައިފައެވެ. މިކަމުން ދޭހަވަނީ މުސްލިމުން ހަރުކަށިކަމަށް ބުނެ ދައްކާވާހަކަތައް ދިމާނުވާ ކަމެވެ! އިސްލާމް ދީން ޞުލްޙަވެރިވެފައި އަމާންކަމެވެ! –އަނާރާ ނަޢީމް  

މާތް ﷲ ދީނުގެ ޢަދާވާތްތެރިން ބަލިކުރައްވައި އެވެރިންގެ ސުންޕާކަމުން ދިވެހިންނާއި އިސްލާމީ އުންމަތް ސަލާމަތްކުރައްވަވާށި! ލާދީނީ ފިކުރު ނެތިކުރައްވަވާށި! އާމީން –ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

 

މިއަދު އޮންލައިން