ދ. މާއެނބޫދޫ ސްކޫލްގެ ޓީޗަރަކު ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ ގްރޭޑް 7 ގެ ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ޑޮކިއުމެންޓަރީ ވީޑިއޯއެއް، އެރަށު ސްކޫލްގެ ޓީޗަރަކު ދެއްކި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރާ ކަމުގެ މައްސަލަތަކެއް ފެންމަތިވަމުން އަންނަ މިދުވަސްވަރުގައި، ބައެއް ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނާއި ބެހޭގޮތުން ވެސް މިފަދަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. މިފަދަ މައްސަލަތަކުގައި ބައެއް ޓީޗަރުން ސަސްޕެންޑު ކޮށްފައިވާއިރު، ބައެއް ޓީޗަރުން ވަޒީފާއިން ވަކިކޮށްފައިވެސް އެބަހުއްޓެވެ.