"ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް" ގެ މީޑިއާ ޕާޓަނަރަކަށް ވީމީޑިއާ ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
"ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް" ގެ މީޑިއާ ޕާޓަނަރަކަށް ވީމީޑިއާ ހަމަޖައްސައިފި

"ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް" ގެ މީޑިއާ ޕާޓަނަރަކަށް ވީމީޑިއާ ހަމަޖައްސައިފިއެވެ.

މިއެއްބަސް ވުމުގައި ސޮއިކުރުމަށް ބޭއްވި ހަފލާގައި ވިލާ ފައުންޑޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑައިރެކްޓަރ މުހައްމަދު ހަމީދު އެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖުގެ ރެކްޓަރ ޑރ އަހްމަދު އަންވަރުއެވެ. އަދި ވީމީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިންގ ސީއޯއޯ މުހައްމަދު ޒަހީންއެވެ. 

ފިއުޗަރ މޯލްޑިވްސް އިނޝިއޭޓިވް ޕްރޮގްރާމަކީ ގައުމަށް މުހިންމު ބޮޑެތި އިޖްތިމާއީ އިގްތިސާދީ މައްސަލަތަކާ މެދު ބަހުސްކުރެވި އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ މެދު ވާހަކަދެއްކުމަށް ބާއްވާ ޕެނަލް ޑިސްކަޝަން ތަކެކެވެ. 

ވިލާ ކޮލެޖުގެ ރެކްޓަރ އަހްމަދު އަންވަރު ވިދާޅުވީ މި ޑިސްކަޝަންތަކުގައި ކިޔަވާ ކުދިންނަށް ވިލާ ފައުންޑޭޝަންގެ އެލުމްނާއީ ނެޓްވޯކް އަދި އާންމު ރައްޔިތުންގެ އިތުރަށް ވާހަކަ ދެއްކުމަށް ކަނޑައަޅާފައިވާ މައްސަލައަކާ ގުޅޭ ތަޖުރިބާކާރުންނާ އެކު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

މިއަދު އޮންލައިން