ބަލިމީހުންނަށް ފަރުވާ ދެއްވުމުގެ ކަންކަމުގައި އަމިއްލަފުޅަށްވެސް ގޫގްލްސް ސާޗްކުރައްވާކަމަށް ރާއްޖޭގެ އެންމެ މަޝްހޫރު ކަށީގެ ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޔޫސުފް ޝާން ވިދާޅުވެއްޖެއެވެ.
ޑރ. ޝާން މިމޭރުމުން ވިދާޅުވެފައިވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރަކު ފަރުވާ ދެއްވާއިރު ގޫގްލްސް ސާޗްކުރައްވާ ކަމަށް ބުނެ މަލާމާތާއި ފުރައްސރައިގެ ބަސްތައް ޑޮކަޓަރަށް ރައްދުކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުން ގެންދާ ވަގުތެއްގައެވެ.
ބަލިތަކާއި ދޭނެ ފަރުވާ އާއިބެހޭ ގޮތުން ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުންނާއި ސައިންސްވެރިންގެ އިތުރު ހޯދުންތަކުގެ މައުލޫމާތު ކޮންމެ ދުވަހަކު ގޫގްލްސްގައި ހާމަކުރަމުން ގެންދާތީ ޑރ. ޝާން ވިދާޅުވެފައިވަނީ ގޫގްލްސް އިން އިތުރު މައުލޫމާތު ހޯދުމަކީ ޢާންމުކަމެއް ކަމަށެވެ.
ބަލިތަކާއިބެހޭ އިތުރު މައުލޫމާތު ގޫގްލްސްއިން ހޯދުމަކީ މިއަދު ދުނިޔޭގެ ފެންވަރުގައިވެސް ޑޮކްޓަރުން ކުރަމުން ގެންދާ ކަމެކެވެ. އަދި އެކަން ކުރުމަކީ ވީހައި ރަނގަޅު ފަރުވާއެއް ދޭން ޑޮކްޓަރުންގެ ޝައުޤުވެރިކަން ހުރިކަން އަންގައިދޭ ކަމެއްވެސްމެއެވެ.
I strongly condemn this harassment of hard working doctors who are taking precaution to deliver a safe treatment to their patients.
— dr yoosuf shan (@drshan_maldives) February 21, 2020
I too use Google to hasten my search. If you dont, you may be in delusion of grandeur of knowing all. https://t.co/IcN1OCh5Lp