ކޮރޯނާ ވައިރަސް ފެތުރެމުން ދިޔުމާއި ގުޅިގެން ހަތް ޤައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 19ސ
ކޮރޯނާ ވައިރަސް ފެތުރެމުން ދިޔުމާއި ގުޅިގެން ހަތް ޤައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފި!

ޗައިނާގެ ވުހާންގައި އުފެދި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާއި ގުޅިގެން، ހަތް ޤައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަހުގެ ހާލަތު އެ އެޖެންސީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެގޮތުން ޗައިނާގެ އިތުރުން، ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ޗައިނާ އަށް ދަތުރުކޮށްފައިނުވާ ފަރާތްތަކުގެ ކިބައިން ވެސް މި ބަލި ފެނި، އެ ގައުމުތަކުގައި ބަލި ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެ ގޮތުން، ހަތް ޤައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެއީ

· ޖަޕާން

· ސިންގަޕޫރު

· ހޮންގްކޮންގް

· ސައުތު ކޮރެއާ

· ތައިލެންޑް

· އީރާން، އަދި

· އިޓަލީ އެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމުތަކުގައި މި ބަލި ފެތުރޭ މިންވަރާާއި ސަރަހައްދުތައް ދެނެގަތުމަށާއި، ރޯގާޖެހި ހުން އައިސްފައި ތިބޭ މީހުންގެ ކައިރީގައި ނޫޅުމަށާއި، ދަތުރުކުރުމަށްފަހު ރޯގާ ޖެހި، ކެއްސާ އަދި ހުން އައުންފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުކުރުމަށާއި އަދި އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އެޗްޕީއޭ އިން ވަނީ މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން