"ދަރިން ގައިގަ ތަޅާ" މިނަން އެއްވެސް ތަނަކަށް ކިޔަން ތިއަ ބޭފުޅުން ފާސްކޮށްދެއްވާނަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
"ދަރިން ގައިގަ ތަޅާ" މިނަން އެއްވެސް ތަނަކަށް ކިޔަން ތިއަ ބޭފުޅުން ފާސްކޮށްދެއްވާނަންތޯ؟

"ދަރިން ގައިގަ ތަޅާ" މިނަން ފިހާރައަކަށް ނުވަތަ އެނޫން ތަނަކަށް ކިޔަންވެސް ތިއަ ބޭފުޅުން ފާސްކޮށްދެއްވާނަންތޯ؟ އިނގިރޭސި ބަހުގައި ބީޓް ގެ އެތައް މާނައެއް ހުންނައިރު އެއް މާނައަކީ ތަޅައި އަނިޔާކުރުމެވެ.

އެއް މާނައަށްވުރެ ގިނަ މާނަ ހުންނަ ނަންތައް ފާސްކުރާއިރު މިފަދަ ކަންކަމަށް ވިސްނައިލުން މުހިންމުކަން ފާހަގަކުރެވެއެވެ. ރަނގަޅު މާނަތައް ގިނަ ނަމަވެސް ނުބައި މާނައެއް ހިމެނޭ ނަމަ އެ ނަމެއް ނުކިޔައި ދޫކޮށްލުމަކުން ލިބޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ.

ފިހާރަތައް މަޝްހޫރުވެ ވިޔަފާރި ރަނގަޅުވަނީ ކިޔާ ނަމަކުން ނޫނެވެ. ވިއްކާ ތަކެތީގެ ފެންވަރާއި އަގާއި ދޭ ޚިދުމަތަށް ބަލައިގެންނެވެ. ސޭޓާއި ޚިދުމަތްދޭން ތިބޭ މީހުންގެ މޫނު ކުނިކުރުމާއި ނުކުރުމަށް ބަލައިގެންނެވެ.

މިއަދު އޮންލައިން