ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއަކު ފިޓު ޖެހިގެން މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 31ސ
ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއަކު ފިޓު ޖެހިގެން މަރުވެއްޖެ

ކ. ރިހިވެލި ރިސޯޓު ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅުނު ޔޫކްރެއިންގެ ފަތުރުވެރިއަކު ފިޓު ޖެހިގެން މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމުރުން 48 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ގެނބިގެން ކ. ގުރައިދޫ ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 11:39 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާ އެމަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އޭނާ މަރުވެފައިވަނީ ފިޓު ޖެހިގެން ކަަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލައިގަ ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

 

މިއަދު އޮންލައިން