ޢިމާރާތްކުރަމުންގެންދާތާ އަހަރުތަކެއް ފާއިތުވެފައިވާ މާވެޔޮ މިސްކިތް މިއަހަރުގެ ރަމްޟާންމަހަށް ހުޅުވައި މިސްކިތުގެ ބޭނުން ހިފޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް މިސްކިތް ޢިމާރާތްކޮށްދެއްވާ މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވެއްޖެއެވެ.

ޖަނާޙް މިމޭރުމުން މިއަދު ވިދާޅުވީ މިސްކިތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް މިއަދު ކުރެއްވި ޒިޔާރަތުގައި ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.
މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ކުރީގެ މިނިސްޓަރު ޢުމަރު ޒާހިރު އާއި މި ސަރުކާރުގެވެސް ބައެއް ބޭފުޅުން މިއަދު މިސްކިތަށް ޒިޔާރަތް ކުރެއްވެވިއެވެ.