ހަތަރު ރަށެއްގައި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 29ސ
ހަތަރު ރަށެއްގައި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފި

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަތަރު ރަށެއްގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފިއެވެ.

މި ފެބުރުއަރީ މަހުގެ 23 ން 28 އަށް ކުރިއަށްގެންދާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ޤާނުނާއި ޤަވާއިދުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެ "ސެލްފް ޑިފެންސް" ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުމަތި ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް މަގުމަތީގައި ކުރިޔަށް ގެންދެވޭ ޕްރެކްޓިކަލް ކްލާސްތަކެއް ވެސް ކުރިޔަށް ގެންދާގޮތައްވަނީ ހަޖެހިފައެވެ.

އޭގެ އިތުރުން، ޓްރެފިކް މޮނިޓަރުންގެ ގޮތުގައި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތަކާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭ "ކޮމިއުނިކޭޝަން ސްކިލްސް" ކްލާސްތައް މިޕްރޮގްރާމްގައި ހިމަނާފައިވެއެވެ.

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމާއި  ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ 30 ދަރިވަރުންނާއި  ރ. އުނގޫފާރު ސްކޫލްގެ 27 ދަރިވަރުންނާއި  ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ 35 ދަރިވަރުންގެ އިތުރުން މަދަރުސަތުލް އިފްތިތާހުގެ 35 ދަރިވަރުންނާއެކު، މުޅި ޖުމްލަ 127 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މިއަދު އޮންލައިން