ހދ.ކުޅުދުއްފުށީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން “އިސްރަށްވެހިންގެ މައިޒާން” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޕަބްލިކް އެފެއަރޒް އެންޑް ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ އަމާންވެށި ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ކުޅުދުއްފުށީ އިސްރަށްވެހިންނަށް ތަފާތު ގިނަ މައުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން، އާންމުކޮށް ހިނގާ ކުށްތަކާއި، ކުށުގެވެށިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމާއި ކުށުގެވެށިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ދިމާވެދާނެ ނުރައްކަލަކުން އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މި ހަރަކާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ދިވެހި ރެޑްކްރެސެންޓް އަދި ހދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ފަރާތުން ސްޓޯލްތައް ގާއިމްކޮށް މައުލޫމާތު ދީފައިވެއެވެ.