ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ސައުދީގެ އެހީތެރިކަން އިތުރުރަން މަޝްވަރާކުރަމުން އެބް ގެންދެއެވެ.
އެކަމަށްޓަކައި ރާއްޖޭގެ ވަފުދެއް ވަނީ ސައުދިޢަރަބިޔާއަށް ޒިޔާރަތްކޮށްފައެވެ. ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ޢަރަބިބަހާއިބެހޭ ފެކަލްޓީގެ ހެޑް އަދި ޑީން ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. ވަފުދުގައި އިސްލާމީ ޝަރީޢާ އާއިބެހޭ ފެކަލްޓީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ސައުދީގެ އެހީތެރިކަން ހޯދަން މަސައްކަތްކުރާ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބި ބަސް ކިޔަވައިދިނުން ހިމެނެއެވެ. ސައުދިޢަރަބިޔާއަކީ ރާއްޖޭގައި އިސްލާމް ދިނުމަށް އެހީތެރިވުމުގެ އިތުރުން ދިވެހި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނަށް ސަޢުދީގައި މަތީ ތައުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ ޤައުމެކެވެ.
التقى وفد من #كلية_القانون_والدراسات_الإسلامية بما فيه العميد ورئيس قسم اللغة العربية في زيارة ودية مع مشرف المكتب لبعثة التعليمية السعودية د.محمد بن إسماعيل الغامدي وجرى بين الطرفين محادثة ممتعة حول تطوير تعليم اللغة العربية في #جزر_المالديف وشكر الوفد للمملكة في دعمها الدائم pic.twitter.com/ET1bfF9grZ
— FLIS (@FLIS_MNU) February 24, 2020