ގަމުން ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 34ސ
ގަމުން ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގަމުން ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކާރެއްގައި ބަނގުރާ އުފުލާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ 12:50 ހާއިރު ގަމު މަތިމަރަދޫ މަގުމަތިންނެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މީހުންތިބި ސަރަހައްދު ބަލައިފާސްކުރިއިިރު، އެ ސަރަހައްދުގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިން ނުވަ ފުޅި ބަނގުރާ ފެނިފައިވެއެވެ.

މިއަދު އޮންލައިން