8،560 މީހަކަށް މިދިޔަ މަހު ވޯކް ވިސާ ދޫކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
8،560 މީހަކަށް މިދިޔަ މަހު ވޯކް ވިސާ ދޫކޮށްފި!

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 8،560 މީހަކަށް މިދިޔަ މަހު ވޯކް ވިސާ ދޫކޮށްފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ މީގެތެރެއިން މާލެ އިން ވިސާ ދޫކޮށްފައިވަނީ 8،433 މީހުންނަށްކަމަށާއި އަދި ރީޖަނަލް އޮފީސް ތަކުން 127 މީހަކަށް ވޯކް ވިސާ ދޫކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ޑިޕެންޑެންޓް ވިސާ 205 މީހަކަށް ދީފައިވާއިރު ހާއްސަ ވިސާ 43 މީހަކަށް ދީފައިވެ އެވެ. އަދި ސްޓޫޑެންޓް ވިސާ 54 މީހަކަށް ދޫކޮށްފައިވެ އެވެ. އަދި ބިޒްނަސް ވިސާ 912 މީހަކަށް ދީފައިވެ އެވެ.

މިދިޔަ މަހު ރާއްޖެ އަށް އެތެރެވެފައިވަނީ 211،932 މީހުންނެވެ. މީގެއެތެރެވި 122 މީހަކު އަނބުރާ ފޮނުވާލާފައިވެ އެވެ. 

ޓޫރިސްޓުންގެ ގޮތުގައި 173،347 މީހުން މިދިޔަ މަހު ރާއްޖެ އަށް އެތެރެވެފައިވާކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން