ގައިގައި ހަރުކުރާ ކެމެރާ ފުލުހުން ޓެސްޓުކުރަން ފަށައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ގައިގައި ހަރުކުރާ ކެމެރާ ފުލުހުން ޓެސްޓުކުރަން ފަށައިފި!

ގައިގައި ހަރުކުރާ ކެމެރާ ނުވަތަ "ބޮޑީ ވޯން ކެމެރާ" ފުލުހުން ޓެސްޓުކުރަން ފަށައިފިއެވެ.

މިކަމާގުޅިގެން ސީޕީ މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި މިހާރު ކެމެރާ ހަރުކޮށް، އެ ޓެކްނޮލޮޖީ ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.

ވިދާޅުވީ މިޓެކްނޮލޮޖީ އަކީ ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީވެދޭނެ ވަސީލަތެއްކަން ވާނެކަމަށެވެ.

އަދި މި ކަމުގެ ނަތީޖާއަށް ބެލުމަށްފަހު ބޮޑީ ކެމެރާ ބޭނުންކުރުން ފުޅާކުރުމުގެ ވިސްނުން ހުރިކަން ވެސް ހަމީދު ވަނީ ފާހަގަކުރައްވައިފަ އެވެ. 

 

މިއަދު އޮންލައިން