ބޭރުން ބައަކު ގެނެސް ހަނިމާދޫގަ އާއި އައްޑޫ ސިޓީގައި ސެކިޔުލާރ ފިކުރު ފަތުރަން މަސައްކަތްކޮށްފައިވަނީ ސަރުކާރުގެ އެއްވެސް އިދާރާއަކަށް އެނގުމަކާއި ނުލައި މަޖިލިސް ބައެއް މެންބަރުންގެ ނުފޫޒުގައިކަން މިއަދުނޫހަށް އެނގިއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ އެކަންކަން ބަލަން ސަރުކާރުގެ ވަރަށް މުހިންމު އިދާރާއަކުން މަސައްކަތްކުރަމުން ގެންދާ ކަމަށާއި ނަމަވެސް މައްސަލައިގެ ތެރެއަށް "ޤައުމުގެ އެންމެ ބޮޑު ބާރުން" އަތް ނުބާނައިފިނަމަ ނަތީޖާ ނެރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް ޔަޤީންކުރެވޭ މިކަންތައްތަކުގެ އެއްވެސް މައުލޫމާތެއް ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް ރަސްމީކޮށް ލިބިފައި ނުވާކަން. ފަހަރެއްގަ މިބާވަތުގެ ކަންކަމަށް ވާގިވެރިވާ މިނިސްޓަރެއްގެ ބައިވެރިވުން އަމިއްލަ ގޮތުން އޮވެދާނެ. އެކަންކަން އަދި ތިލަކުރާނަން! އިން ޝާ ﷲ!"
މިފެންނަނީ މަޖިލީހުގެ ބާރު ލިބުމުން އިސްލާމް ދީނާއި ދެކޮޅަށް ހިންގަމުންދާ ކަންކަމެވެ. ކުރިއަށް އޮތް އިންތިޚާބުގައި ކައުންސިލުތަކުގެ އަޣްލަބިއްޔަތު ލިބިއްޖެ ނަމަ ރާއްޖެއިން އިސްލާމް ދީން "ދޮވެލާނެ"ކަމަށް ޝައްކުކުރުމުގެ އެއްވެސް ޖާގައެއް މިހާރަކު ނެތެވެ.
މިމައްސަލައިގައި ދިޔަރެސް އޮންލައިނުން ވަނީ ވަރަށް ގިނަ ތަފްޞީލުތައް ހާމަކޮށްފައެވެ.
ދިޔަރެސް އޮން ލައިން:
https://dhiyares.com/news/4124