އަންޖުމް ގައިގަ ޖެހުނުއިރު ބަސް އޮތީ ނުބައި ލޭނުގަ: ޕޮލިސް

ކިޔުމަށް ހޭދަވާނީ 1މ 22ސ
އަންޖުމް ގައިގަ ޖެހުނުއިރު ބަސް އޮތީ ނުބައި ލޭނުގަ: ޕޮލިސް

މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ހައިވޭއަށް އަރަން ދިޔަ އެމްޓީސީސީ ބަހަކާއި އެމަގުން މާލެއަށް ދަތުރުކުރަން ދުއްވާފަދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓުވީއިރު، އެބަސް އޮތީ ނުބައި ލޭނެއްގައި ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

މިއެކްސިޑެންޓު ހިނގިއިރު ސައިކަލު ފަހަތުގައި އިން ކ.ތުލުސްދޫއަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ފާތިމަތު އަންޖުމް ޝަފީގު ވަނީ ނިޔާވެފަ އެވެ.

އެކްސިޑެންޓުގައި ކުޑަ ކުއްޖަކު ނިޔާވުމާއި ގުޅިގެން އެމްޓީސީސީން ބަހުގެ ހިދުމަތްދިނުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަމުންދޭތޯ އާއި، އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ އެސްއޯއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ ކޮމިޓީން މައްސަލަ ބެލުމަށްފަހު އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ އެ ރޭގެ 8:35 ހާއިރު ހުޅުމާލޭ ނިރޮޅުމަގުން ހައިވޭއާ ގުޅޭ ދިމާލުން، ހައިވޭއަށް އަރަން ދަތުރުކުރަމުން ދިޔަ އެމްޓީސީސީގެ ބަހަކާއި، ސައިކަލެއް ދުއްވާފައި ދަނިކޮށް، ހައިވޭއަށް އެރުމަށްޓަކައި ބަސް އަނބުރާލި ވަގުތު ބަހާއި ސައިކަލް ޖެހިގެން ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ބަސް އަނބުރާލި ވަގުތު ސައިކަލު ދުއްވަމުން ދިޔަ ލޭނަށް ބަސް އަރާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ބަސް ދުއްވަން އިން އުމުރުން 54 އަހަރުގެ ޑްރައިވަރު ހައްޔަރުވެސް ކުރި އެވެ. ނަމަވެސް އޭނާ އިތުރަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ހަތް ދުވަސް ފަހުން އެޑްރައިވަރު ވަނީ ދޫކޮށްލާފައެވެ.

މިއަދު އޮންލައިން