ޢަބްދުލްޣަފޫރުގެ ބަސް ދިމައެއް ނުވި! ސެމިނާބޭއްވީ މެންބަރު އެދިގެން: ސަލާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޢަބްދުލްޣަފޫރުގެ ބަސް ދިމައެއް ނުވި! ސެމިނާބޭއްވީ މެންބަރު އެދިގެން: ސަލާމް

ހަނިމާދޫގައި ބިދޭސީ ބައަކު ސެމިނާރބޭއްވީ ސަރުކާރުގެ އެއްވެސް ފަރާތަކުން ރަސްމީ ލިޔެކިޔުމަކުން ހުއްދަ ލިބިގެން ނޫން ކަމަށާއި ސެމިނާރ ބޭއްވީ މެންބަރު ޢަބްދުލްޣަފޫރު އެދިގެން ކަމަށް ހަނިމާދޫ ކައުންސިލުގެ ރައީސް ސަލާމް ވިދާޅުވެއްޖެއެވެ. 

"މެންބަރު ގުޅުއްވާފަ ވިދާޅުވީ އައްޑޫ ނިންމާފަ އެމީހުން އަންނަ ވާހަކަ. އެނޫން އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. އަޅުގަނޑު ބައިވެރިއެއް ނުވަން. ބައެއް މީހުން އުޅުނު ހިތް ހަމަނުޖެހިގެން. ހަރުކަށި ފިކުރުގެ ވާހަކަ ވެސް ދެއްކި ކަމަށް ބުނި. އެންމެ މީހަކު ކަންބޮޑުވެގެން ޝަކުވާ ކުރީ." ކައުންސިލުގެ ރައީސް ސަލާމް ވިދާޅުވއެވެ. 

ސެކިޔުލާރފިކުރު ފަތުރަން މަސައްކަތްކުރާ މީހުން ސީދާ އިސްލާމް ދީން ގޯހެއް ނުކުރާނެއެވެ. އެމީހުން ބޭނުންވާ "ވެކްސިން" ދޭނީ ވަރަށް ޙިކުމަތްތެރިކަމާއިއެކުގައެވެ. 

މިކަމާއި ގުޅިގެން ޢަބްދުލްޣަފޫރު ޓްވީޓް ކުރައްވައި ވިދާޅުވި ބަސްފުޅާއި ކަންހިނގައިދިއަ ގޮތް ކަމަށް ކައުންސިލުގެ ރައީސް ސަލާމް ވިދާޅުވި ގޮތާއި ދިމާނުވާކަން ފާހަގަކުރެވެއެވެ. ޢަބްދުލްޣަފޫރު ވިދާޅުވެފައިވަނީ ސެމިނާ އިންތިޒާމް ކުރުމުގައި އޭނާގެ ދައުރެއް ނެތް ކަމަށާއި ރަށުގައި ހުންނަވަނިކޮށް ދައުވަތެއް ލިބިވަޑައިގަތުމުން ބައިވެރިވެވަޑައިގަތީ ކަމަށެވެ. 

ބޭރު މީހުންނަށް ރާއްޖޭގެ ރަށްރަށުގައި މިފަދަ ސެމިނާރތައް ބޭއްވުމުގެ ހުއްދަ ލިބުނު ގޮތަކާއިމެދު މިވަނީ ވަރަށް ބޮޑެތި ސުވާލުތައް އުފެދިފައެވެ.

 

މިއަދު އޮންލައިން