އިރާން ގައި ނޮވެލް ކޮރޯނާ ވައިރަސް (ކޯވިޑް-19) ނުހަނު ބާރަށް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން އިރާނަށް ދަތުރުނުކުރުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.
ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވަނީ މި ވަގުތު އިރާންގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން އެ މިނިސްޓްރީގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ. މީގެ އިތުރުން އިރާނުގެ ކަމާއިބެހޭ އިދާރާތަކުން މި ބައްޔާގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް އެދޭ ކަމަށެވެ.