މަތީގައިވާ ފޮޓޯއިން ފެންނަ މީހަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ކަށަވަރުކުރެވިފައިނުވާތީ ހޯދައި ނުފެނިފައިވާ މީހެކެވެ.
މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަމްބަރު 449901 ވިދާޅުވެ، މައުލޫމާތު ހިއްސާކުރެއްވުމަށް އެދެއެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ދޭ ފަރާތްތައް ސިއްރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.