ޗާދީނީ ވާހަކަދައްކަން ވޯކްޝޮޕްތައް ބޭއްވީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ އޮވެގެންތޯ؟ ޖަވާބު ބޭނުންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ޗާދީނީ ވާހަކަދައްކަން ވޯކްޝޮޕްތައް ބޭއްވީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ އޮވެގެންތޯ؟ ޖަވާބު ބޭނުންވޭ!

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔްތްކުރުމުގެ ޤާނޫނެއް އޮވެއެވެ! އެ ޤާނޫނު ބުނާ ގޮތުން ދީނުގެ ކަންކަމުގައި ވޯކްޝޮޕްތަކާއި ދީނީ ދަރުސްތައް ބޭއްވޭނީ އިސްލާމިކް މިނިސްޓރީގެ ހުއްދަ އޮވެގެންނެވެ. އަދި މިއީ މިކަމުގައި ޤާނޫނު ފާސްކުރުމުގެ ކުރިންވެސް ޢަމަލުކުރަމުން އައިސްފައިވާ ގޮތެވެ.

ވީމާ ހަމަ ބޭރުގެ ފައުންޑޭޝަނަކުން ރާއްޖެ އައިސް ދީނުގެ ފަތުވާތައް ދިނުން ހުއްދަކުރަނީ ކޮން ޤާނޫނަކުންތޯއެވެ؟ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި ވޯކްޝޮޕްތައް ބާއްވައި ދިވެހި ރައްޔިތުންގެ ދީނީ ފިކުރަށް ޗާދީނީ ފިކުރުތައް ވެއްދުވުމަކީ އިސްލާމް ދީނީ ކަމަކަށް ހެދިދާނެތޯއެވެ؟

ލާ ކިޔުމުން ރުޅި އަންނާތީ ހށއިން ލ އުނިކޮށް ޗާދީނީ ކަމަކަށް ހެދިނަމަވެސް މިކަމަކީ ﷲ ތަޢާލާގެ ދީން މަތިވެރިކުރަން ކުރި ކަމަކަށް ނުހެދޭނެއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ކުރި ކަމަކަށްވެސް ނުހެދޭނެއެވެ! ދިވެހި ރައްޔިތުން "ޗާދީނީ" ކުރަން ކުރާ ހުރިހާ މަސައްކަތެއް "ޗޮކުހުން" ދަނީ ހަދާ ދޮގުތައް ފޫ ނުބެއްދޭތީއެވެ.

ހަނިމާދޫގައި ބޭއްވި ޗާދީނީ ސެމިނާރ އާއި ބެހޭ ގޮތުން މެންބަރު ކުރި ޓްވީޓާ ކައުންސިލުގެ ބަޔާން ދިމާނުވީ ކީއްވެގެންތޯއެވެ؟ އެއީ ރަނގަޅު ނިޔަތެއްގައި ކުރި ކަމެއް ނަމަ އޮޅުވާލަން ޖެހެނީ ކީއްވެގެންތޯއެވެ؟ އިސްލާމިކް މިނިސްޓްރީން ހުއްދަ ނުނަގައި އިސްލާމް ދީނުގެ ފަތުވާތައް ނެރެ ރައްޔިތުންނަށް ވެކްސިން ދިނީ ކީއްވެގެންތޯއެވެ؟

މި ސުވާލުތަކަށް ޖަވާބު ދިނުމުން ދެން ކުރަން ހުރި ސުވާލުތައްވެސް ކުރެވޭނެއެވެ؟ އިން ޝާ ﷲ

"ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯކްޝޮޕްތައް ކުރިއަށްގެންގޮސްފައި ވަނީ ދީނީ ހައްދު ފަހަނައަޅާދިއުމާ ދެކޮޅަށް އިނގިޜޭސިވިލާތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ކުއިލިއަމް ފައުންޑޭޝަންގެ ފަރާތުންނެވެ. އެ ޖަމިއްޔާއަކީ ކުރިން ހައްދު ފަހަނަ އަޅާދިއުމުގެ ވިސްނުން ގެންގުޅުނު އިނގިރޭސިވިލާތުގެ މުސްލިމެއް ކަަމަށްވާ މާޖިދު ނަވާޒް އުފެއްދި ޖަމިއްޔާއެކެވެ. ނަމަވެސް އެ ޖަމިއްޔާއަކީ ސެކިއުލާ ވިސްނުން ގެންގުޅޭ މުސްލިމުންނާ ދެކޮޅު ޖަމިއްޔާއެއް ކަމަށް ބުނެ އިނގިރޭސިވިލާތުގެ ގިނަ މުސްލިމުން ވެސް ވަރަށް ބޮޑަށް އެ ޖަމިއްޔާއަށް ނަފްރަތުކުރެ އެވެ." (ސަން އޮންލައިން)

މިވަރުންވެސް ޗާދީނީ ހަރަކާތްތައް ރާއްޖޭގައި ހިންގި ކަމަށް އެއްބަސްނުވަނީ ކީއްވެގެންކަންވެސް ވިދާޅުވެދެއްވާށެވެ!

މިއަދު އޮންލައިން