މާމެންދޫ މިސްކިތު ގޯތީގަ ހުރި ދުވަސްވީ ގަހެއް ކޮށާލުމުން ގިނަ ބައެއްގެ ނަފްރަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މާމެންދޫ މިސްކިތު ގޯތީގަ ހުރި ދުވަސްވީ ގަހެއް ކޮށާލުމުން ގިނަ ބައެއްގެ ނަފްރަތު!

ލ. މާމެންދޫ "މަސްޖިދުއްސަބީލް" މިސްކިތު ގޮތި ތެރޭގައި ހުރި ދުވަސްވީ މޫނިމާ ގަހެއް ކޮށާލުމުން ގިނަ ބައަކު ނުރުހުން ފައުޅުކުރަމުން އެބަ ގެންދެއެވެ. 

މިއަދުނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އެގަހަކީ 15-20 އަހަރުވެފައިވާ މޫނިމާ ގަހެއް ކަމަށާއި މޫނިމާ ގަހެއް ހެއްދުމަކީވެސް ވަރަށް އުނދަގޫކަމެއް ކަމަށެވެ. "ސަރުކާރުން ދައްކަނީ ގަސްތައް ހައްދާ ވާހަކަ. އެކަމަކު މިފެންނަނީ ކޮށަން ނުޖެހޭ ދުވަސްވީ ގޮސްތައް ކޮށައި އަނިޔާދޭކަން. ކައުންސިލުން އެބަބުނޭ ގަސްކޮށަން ހުއްދަ ނުދޭ ކަމަށްވެސް. އަދި މިގަހަކީ މިސްކިތަށް އުނދަގޫވާވަރަށް ވުރެ މާދުރުގަ ހުރި ގަހެއް! މިސްކިތަށްދާ މީހުންނަށް ހިޔާދޭ ގަހެއް! ކުނިކަހަން ބޮޑުވީމާ ގަސްކޮށާލަނީ!" 

އޭނާ ބުނީ މިސްކިތުގެ ފުރާޅުގެ ޓިނު ދަބަރަށްވެފައި ހުރެ 3 ސަރުކާރު ބަދަލުވީއިރު ޓިނުކޮޅު ވެސް ހުރީ އައުކޮށްނުލެވިފައި ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ކަންކަން ކަމަށެވެ.

މިއަދު އޮންލައިން