"އިސްލާމްދީނަށް ނަސްރު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ، އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކު، ތިޔަ ދައްކާ ވާހަކައަކުން އަސަރެއް ނުކުރާނެ. މާތްﷲ ގެ ތެދު މަގުގައި އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެންގެ ބޮލުގައި ކިތަންމެ އިލްޒާމެއް އެޅުވިޔަސް، އެ އިލްޒާމެއް އެޅުވުމުން ރޮވެފައި ގެއަކަށް ނުވަންނާނަން"
- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ
ޢަބްދުލްޣަފޫރުއެވެ. ރޮމުން ގެއަށް ވަނުމަށް ﷲ އިރާދަ ކުރައްވައިފިނަމަ ޖެހޭނީ ހަމަ ރޮމުން ގެއަށް ވަންނާށެވެ! އެލެކްސް އަކަށް ވެސް މަޑުކަށިފިކުރަކަށްވެސް އެކަމެއް ނުހުއްޓުވޭނެއެވެ.
ހަނިމާދޫގައި އިސްލާމް ދީނާއި ދެކޮޅަށް ޖަރީމާ ހިންގުމުގައި އެންމެ ނުބައި ދައުރެއް އަދާކުރި ބައިވެރިއަކީ ހަމަ ޢަބްދުލްޣަފޫރުކަން ކައުންސިލުގެ ރައީސްގެ ބަޔާނުން ވަރަށް ސާފެވެ. ރަށުގެ ކައުންސިލަށް ގުޅައި ބާރާއި ނުފޫޒު ފޯރުވައިގެން ހަނިމާދޫގައި މަޑުކަށިފިކުރުގެ މީހުން ލައްވައި އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ދެއްކުވީ ހަމަޢަބްދުލްޣަފޫރުއެވެ. އަދި އެކަން ކުރީ ސަރުކާރުގެ އެއްވެސް ރަސްމީ އިދާރާއަކުން އެއްވެސް ހުއްދައެއް ނުނަގައެވެ. އެކަންވެސް ވަރަށް ސާފެވެ!
ރައްޔިތުންގެ މަޖިލިސްގެ ރައީސްމޭޒުމަތީގައި އޮންނަ މަރުތޭލައަކީ ޤާނޫނުތައް ތަޅައި މުގުރައި ފުނޑުކުރަން، ކީރިތި ޤުރްއާނުގެ ބާރުކަނޑުވަން އޮންނަ މަރުތޭލައެއް ނޫނެވެ. ވީމާ މަޖިލީހުގެ ރައީސް ހަމަ ބުނާއިރަށް ދިވެހި ރައްޔިތުން އިސްލާމް ދީނާ ދުރުކުރުވުމަށް ރަސްރަށުގައި ސެމިނާރ ބާއްވަން ޢަބްދުލްޣަފޫރަށް ހުއްދަ ދިނީ ކޮން ޤާނޫނެއްހެވެ؟
ޢަބްދުލްޣަފޫރުގެ ދައުރު މިކަމުގައި އޮތް މިންވަރު އެނގިގެންދަނީ ހަމަ ޢަބްދުލްޣަފޫރުގެ އަމަލުތަކުންނެވެ. އިސްލާމް ދީނުގެ ވާހަކަ ކޮންމެ ސިފައެއްގައި ނަމަވެސް ދައްކައި ފަތުވާ ދެވޭނީ ހުއްދަ އޮވެގެންކަން މމމމެންބަރު ޢަބްދުލްޣަފޫރަށް ހަމަ ނޭނގެނީ ހެއްޔެވެ؟ "އައްޑޫން އެމީހުން އެބައާދެއޭ! ސެމިނާ ބާއްވަން ތައްޔާރުކުރާށޭ!" ކައުންސިލަށް ނާންގަން ހެއްޔެވެ؟ މިހުރިހާ ކަމެއްކޮށްފައި އެއީ ބައަކު ކުރި ކަމެކޭ، އަހަރެން ދިއައީ ލިބުނު ދައުވަތަކަށޭ، ކިޔައި ދޮގު ހެދީ ހަމަ ޢަބްދުލްޣްފޫރު ނޫންހެއްޔެވެ؟
ވީއިރު ދޮގު މިހެދެނީ ކޮން ބައަކަށް ހެއްޔެވެ؟ ކިހައި ވަރަކަށް ހެއްޔެވެ؟ ޢަބްދުލްޣަފޫރުގެ ނަޞީބު ރަނގަޅުކަމުން ތިއ ހުރެވެނީ ހަނިމާދޫ ދާއިރާގެ މެންބަރުކަމުގައެވެ. ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރުކަމުގައި ހުރެ ކުރި ކަމެއް ނަމަ ރައްޔިތުން ނުކުމެ ޒިންމާދާރު ކުރުވާނެއެވެ! އިތުރަށް ދޮގުހަދައި ފިތުނަ އުފައްދަން ފުރުޞަތެއް ނުދޭނެއެވެ!
ރައްޔިތުންނަށް އޮތީ ކޮންމެ ރެއަކު 3 ފަހަރު ކިޔަމުން މިދާ ގުނޫތުގައި ނިންމާލަމުގެ ކުރިން ދިވެހި ބަހުން ނަމަވެސް "ދިވެހިން އިސްލާމް ދީނާ ދުރުކުރުވަން މަސައްކަތްކުރާ ނޫކަށިފިކުރުގެ މީހުންގެ ކިބައިން ސަލާމަތްކޮށް ދެއްވާނދޭވެ!" ފަދަ ޢިބާރާތަކުން ދުޢާ ކުރުމެވެ.