ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ބަސް ސްޓޮޕެއް ހަދައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބަހުގެ ހިދުމަތް ހުޅުމާލެއަށް ފަށައިފިއެވެ.
މި ދަތުރުތައް ފައްޓަވައިދެއްވައި މާލޭގެ މޭޔަރު ޝިފާ ވިދާޅުވީ މާލޭގައި ބަސް ސްޓޮޕްތައް ހަދާ އިރު، ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ސަރަހައްދެއްގައި ބަސް ސްޓޮޕް ހަދަން ވިސްނަވާ ކަމަށާއި މިސަރަހައްދުގައި ހުންނަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށާއި ރަސްފަންނު ބޭނުންކުރާ މީހުންނަށް ވެސް ގިނަ ފަސޭހަތަކެއް ވާނެ ކަމަށެވެ.
މި ބަސް ސްޓޮޕުން ދަތުރުކުރާއިރު ލިންކް ރޯޑްގެ ދެ ތަނެއްގައި މަޑުކުރާނެއެވެ. އަދި އެހެން ބަސްތައް ވެސް ހުޅުމާލޭގައި މަޑުކުރާ ތަންތަނުގައި، މި ބަސް ވެސް މަޑުކުރާއިރު މި ބަސް ދަތުރުކުރަން ނިންމާފައި ވަނީ ގަޑިއަކު އެއް ފަހަރު އެވެ.