ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފި

ކިޔުމަށް ހޭދަވާނީ 58ސ
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި  ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފި

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ބޭއްވި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ.

މި މާރިޗް މަހުގެ 1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އެކްސަސައިޒްގައި، އެއާޕޯޓަށް ޖައްސާ ފްލައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެގޮތުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެކި ކަހަލަ އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާދިނުމާއި ސިއްހީ ފަރުވާދޭ ތަނަކަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ ތަމްރީންތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން، އެއާޕޯޓު އެމަޖެންސީ ހާލަތުގައި، ހާދިސާ ހިނގާފައިވާ ތަން ރައްކާތެރިކަމާއެކު ކޯޑަންކުރުމާއި ޓްރެފިކާއި ގްރައުންޑް ކޮންޓްރޯލް ކުރާނެގޮތް އަމަލީގޮތުން ޕްރެކްޓިސް ކޮށް، އެފަދަ ހާލަތެއްގައި ފުލުހުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޕްރެކްޓިސް ކޮށްފައިވެއެވެ.

މި އެކްސަސައިޒް ނިންމުމަށްފަހު، އެކްސަސައިޒްގައި ދިމާވި ކަންތައްތަކާ ބެހޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކޮށް މަޝްވަރާކޮށްފައިވެއެވެ.

މިއަދު އޮންލައިން