އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު މާވެޔޮ މިސްކިތް ނުވަތަ މަސްޖިދުލް ބަހާއުއްދީން ހުޅުވަން ނިންމައިފިއެވެ.
ކުރިން ދެ ބުރިއަށް އިމާރާތްކޮށް 400 މީހުންގެ ޖާ އޮތް މި މިސްކިތް 2000 މީހުނަށްވުރެ ގިނަ މީހުންގެ ޖާގަ ހިމެނޭ ގޮތަށް ހަ ބުރިއަށް މިސްކިތް އަޅައި ދިނީ ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލީ ޖަނާހު (ޖަނާ) އެވެ.
މި މިސްކިތުގެ މަސައްކަތް މިހާރު ގާަތްގަނޑަކަށް ނިމިފައިވާއިރު މި މިސްކިތުގައި އަންހެނުންނަށް އެއް ފްލޯ ހާއްސަކޮށްފައިވާއިރު ހުރިހާ ބުރިއަކަށް ވެސް ދެވޭނެ ގޮތަށް ލިފްޓް ބަހައްފައި ވެއެވެ. އަދި ބޭސްމަންޓަކާއި ޓެރަހެއް ވެސް ހިމެނެ އެވެ.
މި މިސްކިތް އިމާރާތްކުރުމަށް 50 މިލިއަން އަށްވުރެ ގިނަ ދިވެހި ރުފިޔާ ހަރަދުކޮށްފައިވާކަމަށް މައުލޫމާތުލިބިފައިވެއެވެ.