އިޚްލާޞްތެރިކަމެއް ހުރިނަމަ ބާރުއަޅަންވީ ފަތިސް ނަމާދުން ދުވަހުގެ ޙަރަކާތްތައް ފަށަން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިޚްލާޞްތެރިކަމެއް ހުރިނަމަ ބާރުއަޅަންވީ ފަތިސް ނަމާދުން ދުވަހުގެ ޙަރަކާތްތައް ފަށަން ނޫންތޯ؟

އިސްލާމް ދީނަށް ސަރުކާރުގައި އެއްވެސް އިޚްލާޞްތެރިކަމެއް ހުރިނަމަ ބާރުއަޅަންވީ ފަތިސް ނަމާދުން ދުވަހުގެ ޙަރަކާތްތައް ފަށަން ނޫންތޯއެވެ؟ މިހާރުވެސް ކަސްރަތުކުރާ، ހެނދުނުގެ ސަި ބޮއިގެން ސްކޫލަށްދާ ކުދިންނަށް ސައި ނުދީގެން، ފަތިހު ނެރެ ކަސްރަތު ނުކުރުވައިގެން ޤިޔާމަތް ދުވަހު އެއްވެސް ސުވާލެއް ނާންނާނެއެވެ! ނަމަވެސް ނަމާދުކުރުވަން ބާރު ނޭޅުމުން ވެރިކަމަށް ޖަވާބުދާރީވާން ޖެހޭނެއެވެ.

ހެނދުނު 6 ޖަހާއިރަށް ސްކޫލަށް ދިއުމުން ހާޒިރީ ބަލާއިރު ސްކޫލަށް އައީ ފަތިސް ނަމާދުކޮށްގެންތޯ ހަަމ ސުވާލުކޮށް ނުލެވޭނީތޯއެވެ؟ އެއީ ކުދިން ފަތިސް ނަމާދުކުރަން ޝައުޤުވެރިވާނެ ކަމަކަށް ހަމަ ނުވާނީތޯއެވެ؟

އެކަން ނުކުރަން އޮތީ ހަމައެކަނި އެންމެ މައްސަލައެކެވެ. ފަތިސް ނަމާދުކުރުވުމަކުން އެސްޓީއޯއަށް އެތެރެކުރާ ޑެވޮންޑޭލް ކިރުގެ ކޮންމެ ދުވަހަކު ބައިލައްކައަށްވުރެ ގިނަ ޕެކެޓެއް ނުވިއްކޭނެއެވެ! އަދި ދައުލަތުގެ ބަޖެޓުން މުއްސަނދިކުރުވަން ބޭނުން ކޭޓަރުން މުއްސަންޖެއްވެސް ނުކުރުވޭނެއެވެ!

މިއަދު އޮންލައިން