ޑޮކްޓަރުންނާއި ނަރުހުން ފިޔަވައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުންނަށް ވަޒީފާއާއި މުސާރައިގެ ކުރިއެރުން ލިިބޭނެ އޮނިގަނޑެއް އެކުލަވާލެވި އަމަލުކުރަން ފެށިފައި ނެތުމަކީ އެތަކެއް ހައްގު ތަކަކުން އެ މީހުން މަހްރޫމް ކުރުވާ ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލް ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިމޭރުމުން ވިދާޅުވީ "ވަޒީފާގެ ކުރިއެރުން ޔަގީންވާ ވަޒީފާގެއޮނިގަނޑެއް އޮތުމަކީ ކޮންމެ މުއައްޒފެއްގެ އަސާސީ ހައްޤެކެވެ! މިހައްޤުން މަހްރޫމް ކުރުމަކީ "އިހުމާލެކެވެ" އަދި މިކުރިއެރުން ދިނުމުގައި އެއް މުއައްޒަފު އަނެއް މުއައްޒަފާއި އެއްވެސް "ތަފާތު" ކުރުމެއް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން!" ކަމަށް ފާޠިމަތު ޒިމްނާ ވިދާޅުވި ބަސްފުޅަކާއި ގުޅިގެންނެވެ.
ސިވިލް ސަރވިސް ކޮމިޝަން އުފައްދައި މިހައި ދުވަސް ފާއިތުވެގެން ދިއައިރުވެސް މުވައްޒިފުންގެ ޙައްޤުތައް ޙިމާޔަތްކުރަން ކުރަންޖެހޭ ކަންކަން އެ ކޮމިޝަނާއި ސަރުކާރުން ކޮށްފައި ނެތްކަން ފާހަގަކޮށް ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ޑޮކްޓަރުންނާާއި ނަރުހުން ފިޔަވައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުންނަށް ވަޒީފާއާއި މުސާރައިގެ ކުރިއެރުން ލިިބޭނެ އޮނިގަނޑެއް އެކުލަވާލެވި އަމަލުކުރަން ފެށިފައި ނެތުމަކީ އެތަކެއް ހައްގު ތަކަކުން އެ މީހުން މަހްރޫމ ކުުރުވާ ކަމެއް. https://t.co/kCJrLDKPKw
— Ali Hussain (@AleeVoice) March 3, 2020