ކޮރޯނާ ވައިރަސް ރާއްޖޭގެ ބައެއްގެ އަތުގައި ރައްކާކޮށްފަ ހަމަ ހުރީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކޮރޯނާ ވައިރަސް ރާއްޖޭގެ ބައެއްގެ އަތުގައި ރައްކާކޮށްފަ ހަމަ ހުރީތޯ؟

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަސް ގެންދިއަ ބަހުސްގެ ތެރެއިން ރާއްޖޭގެ ބައެއްގެ އަތުގައި "ކޮރޯނާވައިރަސް" ރައްކާކޮށްފައި އެބަހުރި ކަމާއިމެދު ސުވާލު އުފެދިއްޖެ އެވެ.

މިފަދަ ސުވާލެއް އުފެދިގެން މިދިއައީ ކޮވިޑް19 ބައްޔަކީ ބައޮލޮޖިކަލް "ހަތިޔާރެއް" ގެ ސަބަބުން ފެތުރިގަތް ބައްޔެއް ކަމަށް ދުނިޔޭގެ ބައެއް ޑޮކްޓަރުން ތުހުމަތުކޮށް ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ. ސައިންސްވެރިންނަށް އަދި ވަނީ އެކަމުގައި ރަސްމީ ބަހެއް ބުނެވޭ ހިސާބަށް ރިސާރޗް ނުކުރެވިއެވެ.

މިފަދަ ތުހުމަތުތައް އިތުރުވީ ޗައިނާގެ އިތުރުން އީރާނުގައި ކޮވިޑް19 ބޮޑުވަބާއަކަށްވުމުންނެވެ. ކުރެވޭ ތުހުމަތުތައް ގިނައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުއް މުޣުނީ ވިދާޅުވީ "އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ ތިއަބޭފުޅުން (އިދިކޮޅު މެންބަރުން) ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބާފަ" ކަމަށެވެ.

މުޣުނީގެ މި އިންޒާރާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ "އެފަދަ އެއްޗެއް އެހާ ފާޅުކަން ބޮޑުކޮށް ވިދާޅުވެ، ކޮރޯނާގެ ވައިރަސް އެ މެންބަރުގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް" ކަމަށް ވިދާޅުވެފައެވެ.

މުޅި ދުނިޔެއަށް އެންމެ ބޮޑު ވަބާއަށް ވެފައިވާ މި ނުރައްކާތެރި ބަލިން ރާއްޖެ ސަލާމަތްކޮށްދެއްވެވުން އެދި ރޭގަނޑުގެ ނަމާދުތަކުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ޤުނޫތު ކިޔަމުން އެފަދަ ނުރައްކާތެރި ބައްޔެއް ބައަކަށް ޖައްސުވާނެކަމަށް އެއްވެސް ސިފައެއްގައި ބުނުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. އަދި މަޖިލީހުގެ މެންބަރަކު އެފަދަ އިންޒާރެއް ދިނުމަކީ އެ ވައިރަސް ރާއްޖޭގައި ހަމަ ހުރިކަމާއިމެދު ސުވާލު އުފެދޭ ކަމެކެވެ.

މިއަދު އޮންލައިން