ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޗިލީގެ ފަތުރުވެރިޔާގެ މައުލޫމާތު ދަނީ ހޯދަމުން: އެންޑީއެމްއޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޗިލީގެ ފަތުރުވެރިޔާގެ މައުލޫމާތު ދަނީ ހޯދަމުން: އެންޑީއެމްއޭ

ރާއްޖޭގަ އާއި އޭޝިއާގެ ބައެއް ގައުމުތަކުގައި ޗުއްޓީ ހޭދަކުރުމަށްފަހު މިދިޔަ މަހުގެ 25 ގައި ޗިލީ އަށް ދިއައިރު ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އެގައުމުގެ ފަތުރުވެރިޔާގެ މައުލޫމާތު ހޯދަމުންދާކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މިކަމާގުޅިގެން އެންޑީއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖެއަށް ދަތުރުކުރި މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ދައުރުވަމުން އަންނަ ރިޕޯޓުތައް އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިކަމާ ގުޅިގެން ޗިލީގެ ސިއްހަތާ ބެހޭ އިދާރާ އާއި، ގައުމީ އަދި ބައިނަލްއަގުވާމީ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިމީހަކީ ޗިލީއިން މި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަމީހާއެވެ. 33 އަހަރުގެ މި ފިރިހެން މީހާ ވަނީ ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ދިވެހިރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފަ އެވެ. މިމީހާ ޗިލީއަށް ގޮސްފައި ވަނީ މިގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުނެވެ.

 

މިއަދު އޮންލައިން